ޗައިނާ ސަފީރު ކުރެއްވި ޓުވީތުގައި ވާ ވާހަކަތައް ރަސްމީ ސިޓިފުޅެއްގެ ގޮތުގައި ރާއްޖޭގެ ސަރުކާރަށް ފޮނުއްވާ ދެއްވުމަށް މިނިސްޓަރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ޑިރެކްޓަރ އިސްމާޢީލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.

ޒަރިޔަންދު މިކަމަށް ގޮވާލައްވާފައި މިވަނީ ރައްޔިތުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނާއިމެދު ޓްވިޓަރގައި ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ބަދަލު ކުރައްވަމުން ގެންދަވަނިކޮށެވެ.

ޗައިނާއަށް މިމަހު ދައްކަންޖެހޭ ލޯނުގެ އަދަދާމެދު މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ ކުރިއަށް އޮތް 14 ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީގެ 50 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.

ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް އެކަމަށް ރައްދު ދެއްވާ ވިދާޅުވެފައި ވަނީ ބޭންކްތަކުގެ މަޢުލޫމާތައް ބަލާއިރު، 14 ދުވަސް ތެރޭގައި ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ޕޭމެންޓެއް ނެތް ކަމަށެވެ. އެހެންވީމާ ބަޖެޓުން ބާކީވާ އެބައި ރައްކާކުރެއްވުމަށް ސަފީރު އެދިވަޑައިގެންފައި ވެއެވެ.

"ސަފީރަށް! ޗައިނާ ސަރުކާރުންނާއި ކަމާ ގުޅޭ ބޭންކްތަކުން، ތިޔަބޭފުޅާގެ ޓުވީޓުގައިބަޔާން ކުރެވިފައިވާ ވާހަކަތައް ރަސްމީ ސިޓީފުޅެއްގެ ގޮތުގައި ރާއްޖޭގެ ސަރުކާރަށް ފޮނުއްވަން ޖެހޭނެއެވެ. އިޤްތިޞާދީ މުޢާމަލާތްތައް ކުރެވެން ޖެހޭނީ ކަމާ ގުޅޭ ލިޔެކިޔުންތައް މެދުވެރިކޮށެވެ. ޚާއްސަކޮށް ލޯންތަކާއި ސޮވެރެއިން ގެރެންޓީ އާއި ގުޅޭ ނަމައެވެ. ޝުކުރިއްޔާ." ޒަރިޔަންދު ކުރައްވާފައިވާ ޓުވީޓުގައި ސަފީރަށް ފޮނުއްވާ ސިޓީއެއް ގޮތަށް ލިއުއްވާފައި ވެއެވެ.

ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގިނަ ލޯންތައް ނަންގަވާފައިވަނީ ޗައިނާއިންނެވެ. މިކަމާގުޅިގެން ދޭތެރެ ދޭތެރެއިން ރައީސް ނަޝީދާއި ޗައިނާ ސަފީރު ޓްވިޓަރގައި ޒުވާބު ކުރަށްވަމުން ގެންދަވައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙަސިލް

18-Dec-2020

މީ ބޯ ގޯހެއް


14

ކިނބޫ

18-Dec-2020

ޒަރިޔަންދުގެ ޓްވީޓްގެ ޖަވާބު ރަސްމީ ސިޓީއަކުން ފިނޭންސަށް ދޭންވީޔޯ! އަޅެފަހެ އެމްޑީޕީ ކޮންމެ ފަކީރެއްވެސް ހަމަ މިފަދަ ހާލެއްގަ. ދެރަވޭ! ހަމްދަރުދީވަން!



ޓްރެންޑިން