ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އައްޑޫ ސިޓީގެ ދެ ރަށެއް އަދި ފުވައްމުލަކަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެއް ދުވަހުގެ ދަތުރުފުުޅެކެވެ.

މި ދަތުރުފުޅުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެެ އަތޮޅުގައި ކުރިއަށް ގެންދާ އެެކިއެކި ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އައްޑޫގައި ސަރުކާރުން ގާއިމްކުރުމަށް ނިންމާފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ރިހެބްލިޓޭޝަން ސެންޓަރުގެ މަޝްރޫއުގެ މަސައްކަތް އިފްތިތާހު ކުރުމަށް ވަނީ ނިންމައިފައެވެ. އަދި ފުވައްމުލަކު ސިޓީގައި ހުންނަ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރު ބައްލަވާލެއްވުމާއި، އެ ރަށު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ބައްލަވާލައްވައި، އެހެނިހެން މަޝްރޫތަކުގެ މައުލޫމާތު އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފައެވެެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ހޭދަކުރައްވާނީ މިއަދު އެކަންޏެވެ. ދަތުރުފުޅު ނިންމަވާލައްވައި މިރޭގެ ވަގުތެއްގައި މާލެ ވާދައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން