ރައީސް ޔާމީނަށް އިންސާފު ނުލިބި ޖަލުގައި އޮންނަވަން ޖެހުމަކީ ކަންބޮޑުވުން ހުރިކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ރަނިންގމޭޓް ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި، ކޮށްފައިވާ ހުކުމަށް ލުޔެއް ނުލިބި އެމަނިކުފާނު އަދިވެސް ޖަލުގައި އޮންނަވަން ޖެހިފައިވާތީއެވެ.

"ޢަދުލުވެރިކަން ޤާއިމުކުރާނޭ ކަމުގެ ވަޢުދުވި ބަޔަކު، އެ ވަޢުދު ފުއްދާކަމުގެ ނަމޫނާ ދައްކަންޖެހޭނީ ތިމާމެން (ރުޅިއަންނަ މީހާއާއި މެދު) ޢަދުލުވެރިވުމުންނެވެ. ރައީސް ޔާމީނަށް އިންސާފު ނުލިބި އިސްތިއުނާފު ލަސްވެ ޢާއިލާއާއި ބައްދަލުނުވެ 1 އަހަރު ޖަލުގައި އޮންނަވަންޖެހުމަކީ ކަންބޮޑުވުން ހުރިކަމެއް." ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.



މީގެއިތުރުން ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންނާއި ޢާއްމުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްކުން ވެސް ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވަނީ ނުހައްގު ހުކުމެކެވެ. އެހެންކަމުން އެމަނިކުފާނު ޖަލުން ދޫކޮށްލުމަށް އެމީހުން ދަނީ ގޮވާލަމުންނެވެ.

ރައީސް ޔާމީން މިހާރު ތަންފީޒު ކުރަށްވަމުން ގެންދަވާ 5 އަހަރުގެ ޖަލު ހުކުމުގެ މައްޗަށް އިތުރު ހުކުމްތަކެއް ވަރަށް އަވަހަށް އަންނާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް ހުށައަޅާފައިވާ އިތުރު ދެ ދަޢުވާއެއްގެ ޝަރީއަތް މިހާރު ވަނީ ދަށުކޯޓުގައި ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އަބުދުﷲ

13-Dec-2020

ޔާމީނަކައް މމޕރސ ގެ ހިޔާނާތުގެ މައްސަލައެއްގައި ހުކުމެއް އަދި ނުއިއްވަވާ. ޔާމީނައް ހުކުމް އިއްވާފައިވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި. މިހަޤީޤަތް އޮޅުވައި ނުލައްވާ.



ޓްރެންޑިން