ހިޔާ ފްލެޓްގައި ކުލަ ބަދަލުކުރަނީ ކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ
ހިޔާ ފްލެޓްގައި ކުލަ ބަދަލުކުރަނީ ކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި "ހިޔާ" ފްލެޓްތަކުގައި ރީނދޫ ކުލަ ލަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން ދާއިރު، އެތަނުގައި ލަމުންދަނީ އޮރެންޖު ކުލަކަން “ރަސް އޮންލައިން” އަށް ކަށަވަރުވެއްޖެއެވެ.

ރީނދޫ ކުލަލާފައި ހުރި ފްލެޓެއްގެ ކުލަ ބަދަލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ރެއިން ފެށިގެން އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. ނަމަވެސް، ފޮޓޯއިން ފެންނަނީ އޮރެންޖު ކުލަ ފެލެޓް އިމާރާތުގައި ލާ މަންޒަރެވެ.

އެއް ބަޔަކު ފާޑުކިޔަމުންދަނީ އެތަނުގައި ރީނދޫ ކުލަ ލާތީ ކަމަށް ބުނެއެވެ. ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމްގެ ކުލަ ފްލެޓްތަކުގައި ޖައްސާތީ އޭރުގެ އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިއެވެ. އާންމުން ސުވާލު އުފައްދަމުން ދަނީ، އެ ގޮތަށް ފާޑުކިޔާފައި ރީނދޫ ކުލަލަނީ ކީއްވެތޯ ބުނެއެވެ.

މި ދުވަސްވަރަކީ ގައުމުގައި ބަލިމަޑުކަމެއް ފެތުރި، އިގުތިސޯދީ ދުވެލި މަޑުޖެހި، ގައުމަށް ވަންނަ ފައިސާ ދަށްވެ، ބަޖެޓަށްވެސް ބާރު ބޮޑުވެފައިވާ ދުވަސްވަރެކެވެ. މިފަދަ ދަނޑިވަޅެއްގައި ކުރިން ކުލަ ލާފައި ހުރި ތަނެއްގައި އަލުން ކުލަލުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް ވެސް އާންމު ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ހުސަން

13-Dec-2020

ހެޔޮ ކޮންމެ ކުލައަކަސް ތަންކޮަޅެއް އަވަހައް ތިތަންތަން ހަވާލުދެއްވާ.


-4

އަހައްމަދު

13-Dec-2020

ތިޔައް ކިޔަނީ އޮރެންގޭ ބުނާނީ ކާކު!!!! ތީ ހަމަ ގޮއްރީނދޫ.... ކުލަ ނުދަންނަ ބަޔަކައް ނޭންގޭނެ.



ޓްރެންޑިން