ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހެނދުނު 9 ޖަހާކަން ހާއިރު "ވިލާ ވާލި-13" ނަމަކަށް ކިޔާ ދޯނީގައި ހިނގި މި ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ފިހިފައިވާ ކަމަށެވެ. ނަމަވެސް، ތަފްސީލެއް ނުދެއްވައެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެފައި ވަނީ މ. ކޮޅުފުއްޓާއި ދިމާ 26 މޭލު ބޭރުގައި އޮއްވާ ކަމަށެެވެ. އަދި އޭގައި ރޯވުމުން، އަލިފާންގަނޑު ނިއްވާލާފައި ވަނީ ދޯނީގެ ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި ފިހުނު ތިން މީހުން ސީ އެމްބިއުލާންސްގައި މިހާރު ވަނީ މ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާ ލިބުނު ދެ މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު