ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ދެއްވުމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އެޗްޕީއޭގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޑރ މުއިއްޒު މި ކަމަށް އެދިވަޑައިގެންނެވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ރަށްރަށަށް ވަޑައިގެންފައިވާއިރު އެފުރިސަތު އިދިކޮޅު ކެންޑިޑޭޓުންނަށް ނިލިބޭ ކަމަށް ތުހުމަތު ކުރަށްވައެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގެ ކެޑިޑޭޓެއްގެ ހައިސިއްޔަތުން ޑޯޓުޑޯ ފަދަ ކެމްޕެއިން ކުރުމުގެ ފުރުސަތު މިހާރު ހުއްދަތޯ؟ އަޅުގަނޑު މިހުންނަނީ މިއީ އަދި ޤާނޫނީ ގޮތުން މަނާ ކަންކަން ކަމަށް ދެކިގެން، އެމްޑީޕީ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާތީ. ހަމަހަމައަށް ފުރުސަތު ދެއްވުން އެދެން." ޑރ މުއިއްޒު އިލެކްޝަންސް ކޮމިޝަނާއި، އެޗްޕީއޭ އަދި އިލެކްޝަންސް ކޮމިޝަންސް ގެ ރައީސް އަހްމަދު ޝަރީފު ޓެގް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޑރ މުއިއްޒުގެ ވާހަކަކައިގައި ވަކި ޕާޓީއެއްގެ ބަޔަކަށް ވުމުން ތަފާތުނުކޮށް އެންމެންނަށް ވެސް ހަމަހަމަކޮށް ކަންތައް ކުރުމަށް އިޝާރާތްކުރައްވާފައިވެއެވެ.

އަންނަ އަހަރުގެ މާޗް މަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން ދާއިރު، އަމިއްލަ ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުން 4172 އަށް ވުރެ ގިނަ މީހުން އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވެއެވެ. ނަމަވެސް 71 އަށް ވުރެ ގިނަ ކެންޑިޑޭޓުން މިހާރުވަނީ ނަން އަނބުރާ ނަގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޢިސާފުޅު

13-Dec-2020

ކޮން ކެންޕޭނެއް އެއްވެސް ރަށަކަށް އެރިޔަ ދީގެން ނުވާނެ މިއާލާތުން ކެންޕޭން ކުރަން އާދެވެ އާމު ރައްޔިތުން ކަރަންޓީިން ވެގެން މިޔޮއް މަރުވަނީ ބޮޑު ދުއްޕާނެއް މީ



ޓްރެންޑިން