މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ)
މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ)
އައްޑޫ ފްލައިން ސްކޫލުން އެ ތަނުގެ ދަރިވަރުންނަށް ކުރަނީ ޖެއްސުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ، މިހާރު ހުރި ފްލައިން ސްކޫލް ނޫން ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ދިވެހި ފަސްގަނޑުގައި ތިބެގެން ދިވެހި ކިޔަވާ ކުދިންނަށް މުސީބާތް ޖައްސަން ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ. އަދި އެ މީހުން ބޭރުކޮށްފައި އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށާއި ޖެއްސުން ކުރިޔަސް އެއީ ބޮޑުވަރުކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ނުވަތަ ‎އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދަން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދާދިފަހުން ގޮވާލައްވައިފައެވެ.

އައްޑޫ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ހުށަހަޅާފައެެވެ.

އައްޑޫ ފްލައިންގ ސްކޫލް ކުދިން އަތުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހުންނަށް ހުށަހަޅާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.



ދަރިވަރުންގެ ޝަކުވާގެ ތެރޭގައި ދަރިވަރުންތަކެއް ކަނޑާލުމާއި، ދަރިވަރުން ފްލައިން އަވާސް ހަމަކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ މައްސަލަތައް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އައްޑޫ ފްލައިން ސްކޫލްގެ ގިނަ މައްސަލަތަކެއް ދަރިވަރުން ފެންމަތިކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެފައި ވީ ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން ފްލައިން ސްކޫލަށް އަންގާފައެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލެނިވެރި ވުޒާރާ ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ މައްސަލަތައް ހައްލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން