ރައްޔިތުން ބޭނުންވަނީ ފްލެޓްތަކުގެ ކުލަ ބަދަލުކުރާން ނޫން ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ޝިޔާމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މިއަދު މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކައަށް އިޝާރާތް ކުރަށްވައެވެ.

"ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޔާމީން އަޅުއްވައިދެއްވި ފްލެޓްތަކުގެ ކުލަ ބަދަލުކޮށްލީމަ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުނީތޯ؟ ރައްޔިތުން ބޭނުންވަނީ ކުލަ ބަދަލުކުރާކަށް ނޫން. ރައްޔިތުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ހައްގުވެރީން ތިޔަ ތަންތަނަށް ވަންނަން." ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.



ފްލެޓްތަކުގެ ކުލަ ބަދަލުކުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއެކު ޢާއްމުންގެ ވަރަށް ގިނަ ބަޔަކު ވެސް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ފްލެޓްގެ ކުލަ ބަދަލު ކުރަމުންދާ ކަމަށްބުނާ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ފްލެޓް ތަކުގެ ކުލަ ރީނދޫ ކުލައަށް ބަދަލު ކުރަމުންދާ ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބޭ ފަރާތްތައް، އަލުން ފްލެޓް ކޮމިޓީއިން ކަނޑައެޅުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް މިހާރު ދަނީ ނެރެމުންނެވެ. އަދި މިމަހުގެ ނިޔަލަށް ދާއިމީ ލިސްޓު ފައިނަލް ކުރާނޭ ކަމަސްވެސް ފްލެޓް ކޮމިޓީއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ޙަސަންފުތާ

13-Dec-2020

ރައްޔިތުން ބޭނުންވާގޮތް ކިހިނެއް ޝިޔާމަށް އިގެނީ?



ޓްރެންޑިން