ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނާއިމެދު ޓްވިޓަރގައި ކުރައްވަމުން ގެންދެވި ޒުވާބު ހުއްޓަވާ ލެއްވުމަށްފަހު އެކުވެރި ކަމާއެކު ކުރިއަށް ވަޑައިގަންނަވާން ދެބޭފުޅުންވެސް ނިންމަވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރު ޒާން ލިޒޮންގ ޓްވިޓަރގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ދެއްވަމުން ގެންދެވި ބަހުގެ ހަމަލާތައް ހުއްޓަވާލައްވައި ސުލްޙަވެރިކަން ހިޔާރުކުރަށްވާފައިމިވަނީ، ރައީސް ނަޝީދު އިއްޔެގެ ވަގުތެއްގައި ޗައިނާގެ ލޯނުތަކާބެހޭ ގޮތުން ކުރަށްވާފައިވާ ޓްވީޓްތައް ދޮގުކުރަށްވައި މިއަހަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހެނީ މިލިިއަނެއްހާ ޑޮލަރުކަމަށް ޗައިނާ ސަފީރު ވިދާޅުވި ހިސާބުންނެވެ. އޭގެކުރިން ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ކުރިއަށް އޮތް 14 ދުވަސްތެރޭ 15 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
މިހާހިސާބުން ރައީސް ނަޝީދު ވަނީ ޗައިނާ ސަފީރަށް ޝުކުރު އަދާކުރަށްވައި ދެގައުމުގެ ގުޅުމުގެ އަގުވަޒަންކުރަށްވާފައެވެ. އަދި ވީހާވެސް އަވަހަކަށް ލޯނުތައް ދައްކައި ނިންމުމުގެ ވާހަކަ އަށްވެސް ރައީސް ނަޝީދު ވަނީ އަލިއަޅުވާލާފަ އެވެ. މީގެ އިތުރުން ލޯނު ދައްކާ ނިންމުމަށް ރާއްޖެއަށް އިތުރު ދެއަހަރުގެ ގްރޭސް ޕީރިއަޑެއް ބޭނުންވާކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވަނީ ފާހަގަކުރަށްވާފައެވެ.
މިއާއެކު ދެގައުމުގެ ޒަމާންވީ ގުޅުމަށް ރައީސް ނަޝީދު ދެއްވާ އެއްބާރުލެއްވުމަށް ޗައިނާ ސަފީރު ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އަދި ލޯނު ދެއްކުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދެގައުމުންވެސް މަޝްވަރާ ކުރަމުން ގެންދާކަމަށްވެސް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދެގައުމުން މަޝްވަރާކޮށްގެން ނިންމޭނިންމުން ތަކުން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ޗައިނާ ސަފީރު ވަނީ ހާމަކުރައްވާފައެވެ.
ޗައިނާ ސަފީރު މިއަދު ދެއްވާފައިވާ ތަފްސީލީ ހިސާބުތަކަށް ބަލާއިރު މިއަހަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހެނީ 1،719،535 ޑޮލަރެވެ. ޗައިނާ ސަފީރު ލޯނާ ބެހޭ ތަފްސީލު ހިއްސާ ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ޓްވީޓް ދޮގުކުރައްވައެވެ. ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 14 ދުވަސްތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭނެކަމަށެވެ.
ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުވެ އެ އަދަދު ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މާމަގެ ފަށްޓަރުބައި ވިއްކާލައިގެންވެސް ލޯނު ދެއްކެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ނަޝީދުގެ މިފަދަ ވާހަކަތައް ސަރުކާރުންވެސް ގެންދަނީ ދޮގު ކުރަމުންނެވެ.

Hon. Speaker, appreciate ur explicit support for developing our traditional friendship further. Dialogue has already started on relevant issues. I trust, with joint efforts, there will be a proper and mutually-beneficial arrangement to inject more impetus to economic recovery. https://t.co/76FyUXKnZf
— Amb. Zhang Lizhong (@AmbassadorZhang) December 12, 2020
ޗައިނާ ސަފީރު މިއަދު ދެއްވާފައިވާ ތަފްސީލީ ހިސާބުތަކަށް ބަލާއިރު މިއަހަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހެނީ 1،719،535 ޑޮލަރެވެ. ޗައިނާ ސަފީރު ލޯނާ ބެހޭ ތަފްސީލު ހިއްސާ ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ޓްވީޓް ދޮގުކުރައްވައެވެ. ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 14 ދުވަސްތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭނެކަމަށެވެ.
ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުވެ އެ އަދަދު ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މާމަގެ ފަށްޓަރުބައި ވިއްކާލައިގެންވެސް ލޯނު ދެއްކެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ނަޝީދުގެ މިފަދަ ވާހަކަތައް ސަރުކާރުންވެސް ގެންދަނީ ދޮގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު