އަޅުގަނޑުމެން ޗައިނާއިން ލޯން ނެގުމަކީ ޗައިނާގެ ކުށެއްތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަދި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރަށްވައިފިއެވެ.



އަލްހާން ރައީސް ނަޝީދާ މިފަދަ ސުވާލެއް ކުރިމަތި ކުރައްވާފައި މިވަނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރ ދައްކަންޖެހޭނެ ކަމަށް ވިދާޅުވެ ޗައިނާއިން ނަގާފައިވާ ލޯނުތަކާ ބެހޭގޮތުން އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަތަކާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުނަނަވާ ސަފީރު ރައީސް ނަޝީދަށް ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ ޗައިނާގެ ބޭންކުތަކުން ބުނެފައިވާ ގޮތުން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރ ދައްކަން ނުޖެހޭ ކަމަށެވެ.



"ލޯނު ނެގި ފަރާތުން މިބުނަނީ މިއަހަރު 15 މިލިޔަން ދައްކަންޖެހެޔޯ! ލޯން ދިން ފަރާތުން ބުނަނީ ދައްކަން ޖެހެނީ ދޮޅު މިލިޔަނެއްހާ ޑޮލަރޯ! އަޖައިބެއްތާ! އަޅުގަނޑުމެން ޗައިނާއިން ލޯނު ނެގުމަކީ ޗައިނާގެ ކުށެއްތޯ؟ ރައީސް ނަޝީދު މޮޔަފުޅުވީތޯ؟" އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި ޓުވީޓާއެކު އަލްހާންގެ އިތުރުން ވަރަށް ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. އެގޮތުން ޗައިނާފަދަ ރާއްޖޭގެ ތަރައްގީގައި ހިއްސާވާ ގާތް ރަހުމަތްތެރިއަކާ ފާޅުގައި ދިމާކުރުމަކީ ގަސްތުގައި ޗައިނާ ރުޅިއަރުވަން ކުރާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ސުފަކޮށްފައި ވެއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮންނަ ސިޔާސީ ގުޅުމަށް ބުރޫއަރާ ވަރަށް ރައީސް ނަޝީދު އެގައުމަށް ފާޑުކިޔަމުން ގެންދަވާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. އެގޮތުން ރައީސް ނަޝީދު ސިފަކުރަށްވާ ގޮތުގައި ކުރީގެ ސަރުކާރުން ތަރައްގީގެ އެކި މަޝްރޫޢުތައް ހިންގުމަށް ޗައިނާއިން ނަގާފައިވާ ލޯނު ތަކަކީ ދަރަނީގެ ދަންތުރައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން