މަނަފަރު ރިސޯޓް އިންޖީނުގޭގައި ރޯވެފައި (ފޮޓޯ- އެމްއެންޑީއެފް މީޑިއާ)
މަނަފަރު ރިސޯޓް އިންޖީނުގޭގައި ރޯވެފައި (ފޮޓޯ- އެމްއެންޑީއެފް މީޑިއާ)
ހއ. މަނަފަރު ރިސޯޓުގެ އިންޖީނުގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ރޭ ފަތިހު ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމުން އަލިވެ 3:35 ގައި ކަމަށެވެ.

މަނަފަރު ރިސޯޓު އިންޖީނުގޭގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ވަނީ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ނޯދަންއޭރިއާގެ ފަޔަރސްޓޭޝަންގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވުނީ ފަތިހު 5:45 ހާއިރު ކަމަށް އެމްއެމްޑީއެފުން ބުނެފައި ވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިއަލިފާނުގެ ސަބަބުން އިންޖީނުގެއަށް ލިބުނު ގެއްލުމެއް ވެސް އެމްއެންޑީއެފަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން