މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުސް ބޭކަލަކު ހަރަކާތްތެރިވާ މަންޒަރު
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުސް ބޭކަލަކު ހަރަކާތްތެރިވާ މަންޒަރު
ދުނިޔޭގެ ގައުމަތުގެ ތެރެއިން އާބާދީގެ ނިސްބަތުން 37 ވަނައަށް ކުށް ގިނަ ގައުމަކަށް ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ކުށުގެ އަދަދު އާބާދީގެ ނިސްބަތުން ބެލުމަށް ފަހު ގައުމުތައް ދަރަޖަކޮށްފައިވާ ގައުމުތަކަށް "ކްރައިމް އިންޑެކްސް" އަދި "ސޭފްޓީ އިންޑެކްސް" ދީފައި ވެއެވެ.

ކްރައިމް އިންޑެކްސްގައި އެންމެ މަތީގައި ހިމެނެނީ ކުށުގެ އަދަދު އާބަދީގެ ނިސްބަތުން އެންމެ މަތީ ގައުމުތަކެވެ. އެންމެ ދަށުގައި ހިމެނެނީ އާބާދީގެ ނިސްބަތުން އެންމެ ކުށް މަދު ގައުމުތަކެވެ. ސޭފްޓީ އިންޑެކްސްގައި އެންމެ މަތީގައި ހިމެނެނީ ކުށްމަދު ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ގައުމު ތަކެވެ. އެންމެ ދަށުގައި ހިމެނެނީ ސަލާމަތާއި ރައްކާތެރިކަން އެންމެ ކުޑަ ގައުމެވެ.

މި އަހަރުގެ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ކްރައިމް އިންޑެކްސް އިން ރާއްޖެ އަށް ލިބިފައި ވަނީ 53.21 އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން 37 ވަނަ އެވެ. މި ލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ ވެނެޒުއޭލާ، ޕަޕުއާ ނިއުގިނީ އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކެވެ. އަދި މިމުއްދަތުގައި ސޭފްޓީ އިންޑެކްސް އިން ރާއްޖެއަށް ލިބިފައިވަނީ 46.79 އެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން 93 ވަނަ އެވެ.

ދިވެހިރާއްޖޭގައި ފާއިތުވި 3 އަހަރު މި އަދަދު މަތިވަމުން އައިކަން ފާހަގަކުރެވުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން