ޒިދާން މުޙައްމަދު   13 ޑިސެމްބަރު 2020 - 16:56
ފުވަައްމުލަކު މޫދަށް ވެއްޓުނު ކާރު
ފުވަައްމުލަކު މޫދަށް ވެއްޓުނު ކާރު
ފުވައްމުލަކު ފަޅުތެރެއަށް ވެއްޓުމުން ކާރެއް ރޭގެ ވަގުތެއްގައި ނަގަައިފިއެވެ.

އެ ކާރު މޫދަށް ވެއްޓުނީ ބާރު ސްޕީޑްގައިދުއްވާފައި އައިސް ބަނދަރުމަތީގައި ވައްބުރެއް އަޅާލަން އުޅެނިކޮށެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ކޮންމެވެސް ވަރަކަށް ބުރު ހަމަވާގޮތައް އަނބުރާ ލެވުނު ނަމަވެސް ކޮންޓްރޯލް ނުކުރެވިގެން ވަނީ މޫދަށް ވެއްޓިފައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ރަސްއަށް ވަނީ ލިބިފައެވެ.

މިހާދިސާ ހިނގީ ރޭ 23:30 ކަންހާއިރުއެވެ. ކާރު މޫދަށް ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މޫދަށް ވެއްޓުނު ކާރު ނެގީ ކްރޭނެއްގެ އެހީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން