ހިޔާ މަޝްރޫޢުގެ 7000 ފްލެޓްގެ މައްސަލަތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ފްލެޓް ކޮމިޓީ އަކީ ތަންދޮރު ނުދަންނަ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކެއް ހުރުމުން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީއިން ހިޔާ މަޝްރޫޢާ ގުޅޭ ގޮތުން އިއުލާން ކޮށްފައިވާ 2500 ފްލެޓާއި އެއްކޮޓަރީގެ ފްލެޓްތައް ނެތްކަމަށް ފްލެޓް ކޮމިޓީއިން ބުނުމުން އެކަމަށް ރައްދުދެއްވަމުންނެވެ.

"ފްލެޓް ކޮމިޓީ އަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއްނެތް، ވާނުވާ ނޭނގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކެއް ހުރީމަ. ހިޔާ މަޝްރޫޢުގެ އެއްވެސް ނިންމުމެއް އެކަމާ ގުޅޭ ޢިއުލާނެއް ނޫނނީ ލިޔުމެއް ގެޒެޓް ނުކޮށް ކޮށްފައިނުވާކަން އަދިވެސް ތަކުރާރު ކޮށްލަން." ޑރ މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ދަށުން 3 ބަޔަކަށް ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް ގެޒެޓްކޮށް އިއުލާން ކޮށްފައިވެއެވެ. އޭގެ ތެރޭގައި 2 ކޮޓަރީގެ 7000 ފްލެޓާއި، 2 ކޮޓަރީގެ 2500 ފްލެޓާއި، 1 ކޮޓަރީގެ ފްލެޓް ހިމެނިފައިވެއެވެ.

ކުރީ ސަރުކާރުން ބަލައިގަނެ ޕޮއިންޓް ދީފައި ހުރި ފޯމުތައް މިސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައިގެން އެކޮމިޓީން އަލުން ދިރާސާކޮށް ބަލައި އަލުން ޕޮއިންޓްދީގެން ހިޔާ ފްލެޓްތަކުގެ ލިސްޓުތައް އަލުން އިއުލާން ކުރަމުން ދާއިރު ކުރިން ޝަރުތު ހަމަވި ވަރަށް ގިނަ ބަޔަކު އެލިސްޓުން އުނިކޮށްފައިވުމުގެ ސަބަބުން އެފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް ފްލެޓް ކޮމިޓީން ބުނެފައިވަނީ މިހާރު ފްލެޓްތައް ދީފައިވަނީ ވަރަށް އިންސާފުވެރި ކަމާއެކީގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކެކެކެ

18-Dec-2020

ކުރީގެ ލިއުންތައް ފެންނާކަށް ނެތޭ އެބައިމީހުން ކިޔަމުން އައި. މިހާރުއެނގުނު ގޮތުގަ ސަރުކާރު ގެޒެޓްގަ ހުރި ލިއުންތައްވެސް އެމީހުނަށް "ފެންނާކަށް ނެތް. ދެން ކިހިނެއް އެހެން ލިއުމެއް ފެންނާނީ.


13

ސަޢީދު

18-Dec-2020

މުއީޒު ތަންދޮރުދަންނަވަރުންތާ އެތައް ބައެއްގެ އަތުން ލާރިކާލާފަފުލެޓު ނުދިނީ އަނގައަރުވައޭ އެބަ



ޓްރެންޑިން