ޙައްދުގެ ޙުކުމްތަކަށް ނިހާއީ ޙުކުމެއްގެ ދަރަޖަ ލިބުމުން ތަންފީޒުކުރަން ޖެހޭ ގޮތަށް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެހުނީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ސާކިއުލާއެއް މިއަދު ބާތިލް ކުރެއްވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެ ކޯޓުން ބާތިލްކުރި ފުރަތަމަ 2 ސަރކިއުލަރ އަކީ 2015 ވަނަ އަހަރު އެ ކޯޓުން ނެރެފައިވާ 13 އާއި 14 ނަންބަރު ސަރކިއުލަރ އެވެ. އެއީ ހައްދު ޖެހުމާއި މަރުގެ އަދަބު ކަނޑައެޅޭ ހުކުމްތައް އަމިއްލައަށް އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ދެ ސާކިއުލާ އެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު އެ ކޯޓުން ނެރެފައިވާ 04 ނަންބަރު ސަރކިއުލަރ ވެސް ވަނީ ބާތިލް ކޮށްފައެވެ. އެއީ ދުސްތޫރީ މައްސަލަތަކުގައި ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ހައިކޯޓުން ބާތިލްކޮށްފިނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމަށް އަންގައި ނެރުނު ސަރކިއުލަރ އެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ހައްދު ޖެހުމަށް ކުރާ ހުކުމްތައް އިސްތިއުނާފު ނުކުރިނަމަވެސް، އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަން ނުޖެހޭ ގޮތަށް ހުކުމެއް ކޮށްފައެވެ. އެގޮތުން އެފަދަ ހުކުމެއްގެ އިސްތިއުނާފް މުއްދަތުގައި، އިސްތިއުނާފް ނުކޮށްފިނަމަ އެހުކުމެއް ނިހާއީ ހުކުމަކަށް ބަދަލުވާނެ ކަމަށް އެ ކޯޓުން ނިންމަވާފައިވެއެވެ. ޙުކުމެއް ނިހާއީ ޙުކުމަކަށް ބަދަލުވެއްޖެ ނަމަ އެ ޙުކުމެއް ތަންފީޒު ކުރަން ޖެހޭނެއެވެ.
ނަމަވެސް ޤާނޫނުލް ޢުޤޫބާތުގައި ކަނޑައަޅާފައިވާ ގޮތަށް މަރުގެ ޙުކުމްތަކުގައި މަތީ ކޯޓުތަކުން ހުކުމް ކަށަވަރު ކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު