ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާނާ
ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާނާ
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރާފައިވާއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް-19 ފެތުރި ރާއްޖޭގެ އެއްވެސް ހިސާބަކަށް އޭގެ އަސަރު ކޮށްފައި ނުވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ، ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު މުޅި އަހަރަށް ވެސް ފެންނަމުންދަނީ އުންމީދީ ނަންބަރުތަކެއް ކަމަށާއި، ލައްކައެއްހާ ފަތުރުވެރިން އައިނަމަވެސް ޕޮޒިޓިވް ކޭސްގެ ގޮތުގައި ފަތުރުވެރިންގެ ތެރެއިން ރިކޯޑް ކުރެވިފައިވަނީ 228 ފަތުރުވެރިން ކަމަަށެވެ.

އަދި އެއީ ނިސްބަތުން ވަރަށް ކުޑަ އަދަދެއްކަަން ފާހަގަ ކުރަށްވައި ރައްޒާން ވިދާޅުވީ އެއިން އެއްވެސް ފަތުރުވެރިއެއްގެ ކިބައިން މިހާތަނަށް ކޮވިޑް ސްޕްރެޑެއް ނެތުން އެއީ އުފަލާއިއެކު ފާހަގަކުރާ ކަމެއް ކަމަށެވެ.

"މިހާ ކުޑަ އަދަދެއް. އެއީ ޖުމުލަ އައި އެރައިވަލްސްގެ ގާތްގަނޑަކަށް 0.2 އިންސައްތަ ވަރުގެ އަދަދެއް. އަދި އެހާ ކުޑައަަދަދެއް ޕޮޒިޓިވްވެފައިވާއިރުވެސް ހަމަ އުފަލާއިއެކު ފާހަގަކޮށްލަން ބޭނުން ފަތުރުވެރިއެއްގެ ކިބައިން މުވައްޒަފަކަަށް ނޫނީ ރަށެއްގަ އެހެން މީހަކަށްވެސް ސްޕްރެޑެއް ވެފަ އޮތް ކަމެއް މިހާތަނަށް ރިކޯޑް ކުރެވިފައެއް ނެތް ވަރަށް ބޮޑަށް ހަމަ ކޮންޓެންޓް ކުރެވިފަ މިހުރީ އެ ހިސާބުގަ." ރައްޒާން ވިދާޅުވިއެވެ.

އެވަރުގައި ހިފަހައްޓާލެވުނީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނެއްގެ މެނޭޖްމެންޓާއި އެ ހިދުމަތުގެ ހުރިހާ މަރުހަލާއެއްގައި ޝާމިލްވާ ހުރިހާ މުވައްޒަފުންގެ ހިތްވަރުން ކަން ރައްޒާން ފާހަގަކުރެއްވި އެވެ. އެކަން އެގޮތަށް ވެފައިވަނީ އެއާޕޯޓުން ފެށިގެން ފަތުރުވެރިންދާ ރިސޯޓާއި، ސަފާރީއެއް ނޫނީ ގެސްޓްހައުސް ތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައްވެސް ޓްއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންއަށް ދޭ ސަމާލުކަމާއި އެކަން ތަންފީޒްކުރުމަށް ބަހައްޓާ އަހުންމިއްޔަތުގެ ސަބަބުން ކަމަަށް ރައްޒާން ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސް ތަކާއި ޓްއަރިސްޓް ހޮޓާތައް މިއަދު ހުޅުވާލުމަށް ނިންމާފައިވާތީ އެކަމުގެ މައުލޫމާތު ދެއްވަމުން ރައްޒާން ރޭ ވިދާޅުވީ، ކޮންމެ ގެސްޓްހައުސްއަކުން އެސްއޯޕީއެއްް ތައްޔާރުކޮށް ތަފްސީލީ ގޮތެއްގައި އެތަންތަނުގެ ސަލާމަތީ ކަންކަން ބައްޓަން ކުރާނެ ގޮތާއި ރައްކާތެރިކަމާއިއެކު ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ގޮތުގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތް ބަޔާންކޮށް ޓްއަރިސްމް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި އެތަންތަނަށް ހުއްދަތައް ދެމުންދާނީ މިނިސްޓްރީގެ ފަަރާތުން ބަލަންޖެހޭކަންކަން ބެލުމަށް ފަހުގަ ކަމަށް ރައްޒާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން