ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް
ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް
ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދޭން އެދިވަޑައިގަތީ އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ކަމަށް ދިވެހިރާއްޖޭގެ ހަރިޖީ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާއިން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އެގޮތުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް ވެސް އެ ވުޒާރާއިން ބުނެ އެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އެންދުމަށެވެ. ނަމަވެސް މުސްލިމުން އެންދުމާއި ދެކޮޅަށް އެގައުމުގެ މުސްލިމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ރާއްޖޭގައި ވަޅުލުމަށް ފޮނުވުމަށް ލަންކާގެ ފޮރިން މިނިސްޓްރީގައި އެދުނީ ރާއްޖޭގެ ސަރުކާރުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ކިނބޫ

18-Dec-2020

އޭނައަށްވެސް އެނގޭ މިތާ ހުރީ މަރުމޯލެއްކަން. ދަނޑިވަޅު ބަލާފަ ބޮލަށް ސަވާރުވެލީ.


4

ކިނބޫ

18-Dec-2020

ގެރިމޯދީ ރަޓުގަ ދިރިތިއްބާ އަންދާ މުސްލިމުން ގެނެސް ވަޅުލަންވީނު. ކިހިނެއް ވެގެން އުޅޭ މީހެއް މީ.


3

ކިނބޫ

18-Dec-2020

ދިވެހިން އެދޭ އެންމެ ކަމެއް ނަމަވެސް ކޮށްދޭންވީނު ކަލޭ. ކިހާބޮޑު ބލއއ