ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް
ސްރީލަންކާގެ މުސްލިމުން ދިވެހިރާއްޖޭގެ ގެނެސް ވަޅުލުމަށް ކޯލިޝަން ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ތާއީދުކުރައްވައިފިއެވެ.

ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ޖަނާޒާގެ ކަންތައް އިސްލާމް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެ ކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރި ކަމާއެކު އިސްލާމް ދީނުގައިވާ ގޮތަށް ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ އެ ކަމަށް ތާއީދު ނުކުރައްވާ ކަން ހާމަ ކުރައްވައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ޓްވީޓެއް ވެސް ކުރައްވާފައިވަނިކޮށެވެ.

ލަންކާއިން އެކަމަށް ދިވެހި ސަރުކާރުގައި އެދުމުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ގެންދަވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވަމުން ކަމަށެވެ. އެކަމަކު އެ ކަމުގައި އަދި އެއްވެސް ގޮތެއް ނުނިންމަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން އެންދުމުގެ ބަދަލުގައި އިސްމާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންކަން ބޭއްވުމުގެ ފުރުސަތު ދިނުމަށް ރާއްޖޭގެ އިސްލާމް ދީނުގެ ގިނަ އިލްމްވެރިން ވެސް ތާއީދު ކުރަަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން