ފޭދޫ ދާއިރާގެ މެމްބަރު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު ނިހާދު
މުސްލިމެއްގެ ޖަނާޒާ ބާއްވައި ދިނުމާއި ކަނޑައެޅިގެން ދެކޮޅު ހެދުމުން ހައިރާންވާ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ރައީސް މައުމޫނަށް ރައްދު ދެއްވައިފިއެވެ.

މައުމޫންގެ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއިދު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ރައީސް މައުމޫނަށް ރައްދުދެއްވާ ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މުސްލިމެއްގެ ޖަނާޒާ ބާއްވައި ދިނުމާއި ކަނޑައެޅިގެން ދެކޮޅު ހެދުމުން ހައިރާންވެ އަންތަރީސްވީ ތިމާ ނޫނީ ދީން ދަންނަ މީހަކު ނެތް ކަމަށް ދައްކައިގެން އުޅުނު މީހަކަށްވީމަ" ކަމަށެވެ.

"ރައީސް ޞާލިހަކީ އިސްލާމްދީނަށް ލޯބި ކުރައްވާ ބޭފުޅެއް. އެމްޑީޕީ އިން އިސްލާމްދީން ހިމާޔަތް ކުރާނެ." ނިހާދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ވެރިކަންކުރާ އެމްޑީޕީ އިން އިސްލާމްދީން ހިމާޔަތް ކުރާނެކަމުގެ ޔަގީންކަން ނިހާދު ދެއްވިއިރު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިސްލާމްދީނާއި ދެކޮޅަށް ރާއްޖޭގައި ހިންގާ ކަންކަމަށް އެކަށީގެންވާ ވަރުގެ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސްރީލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ރާއްޖޭގައި އެމީހުންގެ ޖަނާޒާ ބޭއްވުމާއި ދެކޮޅަށް ޚިޔާލުފާޅުކުރާ މީހުން ވެސް ބުނާ ގޮތުގައި އެއީ އިސްލާމްދީނަށާއި މުސްލިމުންނަށް ކޮށްދޭ ހެޔޮ ކަމެއްގެ ގޮތުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވިދާޅުވާއިރު އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އެޅުން ސަރުކާރަށް މުހިއްމު ނުވި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


18

ޢަހުރެނ

18-Dec-2020

މުސްލިމުންގެ ޖނާޒާޔާ ބަޔކު ދެކޮޅެއް ނުވޭ.. ރަސޫލާއަށް ފުރައްސާރަ ކުރުން ބޮޑު ކަމަކަށް ނުވާ ބަޔަކު މި ތެޅިގަތް ގޮތުން އެބަ ހައިރާންވޭ


19

ޗައިވާލާ

18-Dec-2020

އަޅޭ ނިހާދޫ ކަލޭމެންގެ ލަދު ހަޔާތް ކޮބާ. ލަންކާގަ މުސްލިމުންގެ ހައްޤު ކޮބާ.



ޓްރެންޑިން