ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ
ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ
ލަންކާގައި ކޮވިޑް-19ގައި މަރުވާ މުސްލިމުން ވަޅުލަން ރާއްޖެ ގެންދަންޖެހުމަކީ ލަދުގަންނަންޖެހޭ ކަމެއްކަމަށް ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދޭން އެދިވަޑައިގަތީ އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިކަމަށް ރައްދު ދެއްމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޓްވީޓެއްގެ ސްކްރީން ޝޮޓަކާއެކު އޭނާ ވިދާޅުވެފައިވަނީ، މިއީ ތެދުކަމުގައިވާ ނަމަ އެއީ ލަދުގަންނަންޖެހޭ ކަމެއްކަމަށެވެ. 

"ލަންކާގެ ހުރިހާ ރައްޔިތުންނަށް ވެސް އެމީހެއްގެ ޖަނާޒާ އިހުތިރާމާއެކު އެ ރައްޔިތަކަށް ގައުމުގައި ލިބެންޖެހޭ،" ލަންކާ އާއި ރާއްޖެއާއި ދެމެދު ކުރިއަށް ގެންދާ އެ ވާހަކަތަކަށް ފާޑު ވިދާޅުވަމުން ސަމަރަވީރާ ވިދާޅުވިއެެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން