މަނަފަރުގައި އެމްއެންޑީއެފްގެ ފަޔަރ މަނުން ހަރަކާތްތެރިވާ މަންޒަރު
މަނަފަރުގައި އެމްއެންޑީއެފްގެ ފަޔަރ މަނުން ހަރަކާތްތެރިވާ މަންޒަރު
ހއ. މަނަފަރު ރިސޯޓުގެ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއެކު އެ ރިސޯޓު ހުއްޓި، ގެސްޓުން ގެންނަން ބުކިން ނެގުން ވެސް ހުއްޓާލައިފި އެވެ.

ހއ. އަތޮޅުގައި ހިންގަމުންދާ މަނަފަރު ރިސޯޓްގަައި އަލިފާނުގެ ހާދިސާއެއް ހިންގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ.

އެމްއެންޑީއެފްގެ ފަޔަރ އެެންޑް ރެސްކިއުއިން ބުނީ، އެ ހާދިސާ ހިންގަން މެދުވެރިވީ އެ ރަށު އިންޖީނުގޭގައި ރޯވެެގެން ކަމަށެވެ. ނަމަވެސް ސީދާ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މަނަފަރު ރިސޯޓު ހިންގާ ޖޭއޭ ގްރޫޕުގެ ވައިސް ޕްރެޒިޑެންޓް ކޮމާޝަލް، ތޯމަސް ކްރުންޑާ ސޮއިކުރައްވައި ޓުއާ އޮޕަރޭޓަރުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުން ރިސޯޓުގެ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި އެ ރިސޯޓުން ފެނާއި އިންޓަނެޓު އަދި އެހެން ބައެއް ހިދުމަތްތައް ވެސް ލިބުން އެއްކޮށް ކެނޑިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ އެ ރިސޯޓަށް މި މަހު ނަގާފައިވާ ހުރިހާ ބުކިންތަކެއް ވަނީ ކެންސަލް ކޮށްފައެވެ.

އެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލީ ކުޅުދުއްފުށީގައި ތިބި ފަޔާމަނުން އެ ރަށަށް ގޮސްގެނެވެ. މި އަލިފާންގަނޑު ދެ ގަޑިއިރުގެ ވަރުގަދަ އެދުމާއެކު އިންޖީނުގެ ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން