ރާއްޖޭން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް ލުއި ލިބިއްޖެ އެވެ.
މިކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ހާލަތު ދައްކައިދޭ ރިޕޯޓުންނެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ އެޕްރީލް މަހު ބޭއްވި ޖީ20 ގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދުތައް ދައްވެފައިވާތީ ނަގާފައިވާ ލޯނުތަކަށް ލުއި ތަކެއް ދޭން ނިންމާފައިވެއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމުގެ މި ބައްދަލުވުމުގައި އެކުލަވާލި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި)ގެ ދަށުން، ގައުމުތަކުން ނަގާފައިވާ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާކަން އެރިޕޯޓުން ހާމަވެއެވެ.
މި ނިންމުމާ ގުޅިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭން ދައްކަން ޖެހޭ ލޯނުތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ދެއްކުން ފަސް ވެގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު