ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭ ގޮތް ހެދުމަށް ވުރެ، އެ ގައުމުގެ މުސްލިމުން އެދެނީ އަމިއްލަ ފަސްގަނޑުގައި ވަޅުލުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައި ވަނީ ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާތީ އެކަމަށް އިޝާރަތް ކުރަށްވައެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި، މުސްލިމަކު މަރުވުމުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު އޭރު ހުރި ބިމެއްގައި ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލުން ނޫންތޯ ސުވާލު ކުރައްވައިފައި ވެއެވެ.

"ލަންކާގެ މުސްލިމުން ވެސް އެދޭނީ އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ވަޅުލުމަށް. ލަންކާގެ މުސްލިމުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތަ؟،" އަލީ ހުސެއިން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ކޮވިޑުގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ، ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ހޯއްދެވުމަށް، ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ޗައިވާލާ

18-Dec-2020

އެއްކަލަ އެބުނާ މޮޅު ޑިމޮކްރަސީ ކޮންތާކު މިޖެހުނީ. މުސްލިމެއްވީމަ އެ ހައްޤުންވެސް އެއްކިބާ.



ޓްރެންޑިން