ކޯވިޑްގެ ސަބަބުން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ، އެކަން ކޮށްދީފި ނަމަ އެކަން ވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާ މެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށެވެ. ރައީސް މައުމޫން ކުރިންވެސް ވަނީ އެކަމަށް ދެކޮޅުހައްދަވާކަން ހާމަކުރަށްވާފައެވެ.

ސްރީލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ރާއްޖޭގައި އެމީހުންގެ ޖަނާޒާ ބޭއްވުމާއި ދެކޮޅަށް ޚިޔާލުފާޅުކުރާ މީހުން ވެސް ބުނާ ގޮތުގައި އެއީ އިސްލާމްދީނަށާއި މުސްލިމުންނަށް ކޮށްދޭ ހެޔޮ ކަމެއްގެ ގޮތުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވިދާޅުވާއިރު އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އެޅުން ސަރުކާރަށް މުހިއްމު ނުވި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްސަދުގައި، އަދި ރާއްޖެއާ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާއަޔަތްކޮށް، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާ ރައީސްގެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން