މުސްލިމުން ނިކަމެތިވާ ވަގުތުތަކުގައި އެހީތެރިވުމަކީ ދީނީ ވާޖިބެއް ކަމަށް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގައި މަރުވާ މުސްލިމުން ލަންކާގައި އަންދާނުލައި ރާއްޖެގެނެސް ރާއްޖޭގައި ވަޅުލުމަށް ލަންކާގެ ރައީސް އެދިވަޑައިގަތުމުން ދިވެހި ސަރުކާރުން އެކަމުގައި ގޮތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރައްވައެވެ.

"މުސްލިމުން ނިކަމެތިވާ ވަގުތުތަކުގައި އެހީތެރިވުމަކީ ދީނީ ވާޖިބެއް، ސްރީލަންކާގެ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް، ދީނީ މިފަދަ ކަންކަމުގައި އަމިއްލަ ޚިޔާލު ހުށަނޭޅޭނެ." ޝެއިޚް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޝެއިޚް އިލިޔާސް ވަނީ މި ޓުވީޓާއެކު ކީރިތި ރަސޫލާ (صلي الله عليه وسلم)ގެ ޙަދީޘް ފުޅެއްވެސް ހިމަނުއްވާފައެވެ.

"އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާ އޭނާގެ އަޚާ ނިކަމެތތިވާން ދޫކޮށެއްވެސްނުލާނެއެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިވުމުގައި ހުރެއްޖެ މީހަކަށް ﷲ އެހީތެރިވެ ވޮޑިގެންވެއެވެ. އަދި މުސްލިމެއްގެ ކިބައިން ޤިޔާމަތް ދުވަހުގެ ދަތި އުނދަގޫތަކުގެ ތެރެއިން ދަތި އުނދަގުލެއް ﷲ ދުރުކުރަށްވާނެތެވެ. އަދި މުސްލިމެއްގެ ޢައިބު ވަންހަނާ ކޮށްފި މީހެއްގެ އައިބު ޤިޔާމަތް ދުވަހުން ﷲ ވަންހަނާ ކުރައްވާނެތެވެ." ޙަދީޘުގެ މާނައިގައިވެއެވެ.

ލަންކާއިން ކޮވިޑް ބަލީގައި މަރުވާ މީހުން އަންދާލުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ރާއްޖޭގައި ވަޅުލުމަށް ފުރުަަތު ހަމަޖައްސައި ދިނުމަށް ލަންކާގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިހާރު ގެންދަވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން