މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހަ ވަނަ ދައުރުގެ ރައީސަކަށް ސަންގުޓީވީގެ ނިއުސްހެޑް ޝަހުބާން ފަހުމީ އިންތިޚާބުކޮށްފިއެވެ.

ޝަހުބާން ރައީސް ކަމަށް އިންތިހާބު ކުރީ މިއަދު ބޭއްވި މީޑީއާ ކައުންސިލްގެ ހަވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ތިން މެންބަރަކު ވަނީ ރައީސްކަމަށް ކުރިމަތިލައްވާފައެވެ. އެއީ ޕީއެސްއެމްގެ ފަރާތުން ކައުންސިލަށް އިންތިހާބުވި އަލީ ހުސައިން އާއި ސަންގު ޓީވީގެ ފަރާތުން ކައުންސިލަށް އިންތިހާބުވި ޝަހުބާން ފަހުމީގެ އިތުރުން އާއްމު މެންބަރުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި މުހައްމަދު ޝަފާއުއެވެ.

މި މެންބަރުންގެ ތެރެއިން ޝަހުބާން ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ 6 މެންބަރުންގެ ވޯޓުންނެވެ. އަލީ ހުސައިން އަށް 05 ވޯޓު ލިބިވަޑައިގެންނެވިއިރު ޝަފާއު އަށް ލިބިވަޑައިގެންނެވީ 03 ވޯޓެވެ.

ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ ތިލަދުންގެ ފަރާތުން އިންތިހާބުވި ޝަގީފެވެ. ޝަގީފު ނާއިބު ރައީސަކަށް އިންތިހާބުވީ 14 މެންބަރުންގެ ވޯޓުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. އެ މެމްބަރުން އިންތިހާބު ކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެމްއެމްސީގެ އިންތިޚާބުގައި މިއަހަރު 187 މީޑިއާއަކުން ވޯޓުލާފައި ވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން