ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ކޯވިޑް ޖެޖިގެން މަރުވިޔަސް ކޮންމެ ދީނެއްގެ މީހަކަށް ވެސް ޖަނާޒާ ބޭއްވުމުގެ ޙައްޤު ލިބެންވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން މަރުވާ މީހުން އެންދުން ސްރީ ލަންކާ ސަރުކާރުން މަޖްބޫރު ކޮށްފައިވާތީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވެސް އަންދަންޖެހޭތީ ރާއްޖެ ގެނެސް އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގައި އެދިފައެވެ.

އެކަމާ ގުޅިގެން ޤާސިމް އިބްރާހިމް ވިދާޅުވީ، ކޯވިޑް-19 ގައި މަރުވާ މީހުންނަކީ ކޮންމެ ދީނެއްގެ މީހަކު ކަމަށް ވިޔަސް ދީނުގައިވާ ގޮތަށް ޖަނާޒާގެ ކަންތައް ކުރުމުގެ ހައްޤު ދިނުމަކީ ބައިނަލްއަޤުވާމީ ގޮތުން ބެލިޔަސް ދީން ތަކުގެ ހަމައިން ބެލިޔަސް އިންސާނީ ބުއްދީގެ ހަމައިން ބެލިޔަސް އެ ބައިމީހުންނަށް ލިބެން ލާޒިމް ޙައްޤެއް ކަަމަށެވެ.



މީގެ އިތުރުން ޤާސިމް ވިދާޅުވީ ލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ޖަނާޒާގެ ކަންތައް އިސްލާމް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެ ކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރި ކަމާއެކު އިސްލާމް ދީނުގައިވާ ގޮތަށް ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވުމާއެކު، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ދިވެހި ޚާރިޖިއްޔާއިން އެކަން ހާމަކުރީ ލަންކާގެ މީޑިއާތަކުން އެ ޚަބަރު އާންމު ކުރުމުންންވެ. ނޫސްތަކުން ބުނީ އެކަމަށް އެދި ހުށައެޅީ ރާއްޖެއިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން