ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރާއްޖޭގައި ތަޢާރަފްކޮށްފައިވާ ކޯވިޑް އިންޝުއަރެންސްގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑްގެ ޙާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ސަބަބާއި ގުޅޭގޮތުން އެމެރިކާގެ ޓީވީ ޗެނަލެއްކަމަށްވާ ސީއެންބީސީ އިންޓަނޭޝަނަލްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ކޯވިޑް-19އިން ދަސްވި އެކައްޗަކީ، އާންމު ފަތުރުވެރިކަމުގެ އިންޝުއަރެންސް ސްކީމުތައް މި ފަދަ ހާލަތެއްގައި މަސައްކަތް ނުކުރާނެކަމަށާއި، އެހެންކަމުން ފަތުރުވެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމްތަކެއް ތަޢާރަފް ކުރެވުނުކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މި ބަލިމަޑު ކަމުން ދަސްވި އެކައްޗަކީ، އާންމު ޓްރެވެލް އިންޝުއަރެންސް މި ދަނޑިވަޅުގައި މަސައްކަތް ނުކުރާ ކަމަށް. އަޅުގަނޑުމެން އަމިއްލަ ކޯވިޑް އިންޝުއަރެންސް އެއް ތައާރަފް ކުރީން. އެކަން މި ސިނާޢަތް ކޮޅަށް ޖެހުމަށް ވަރަށް ބޮޑަށް އެހީތެރިވެދިން. މީގެ އިތުރުން ވަރަށް ގިނަ ތަންތަނަށް މާލީ ގޮތުން އެހީތެރިވެދިނިން. އަދި ވަރަށް ގިނަ ވަޒީފާ އަދާ ކުރަމުންދިޔަ ދިވެހިންނަށް، މި ހާލަތުގައި އިންކަމް ސަޕޯޓުވެސް ދެވެނު. އަޅުގަނޑުމެން ބަންދު ކުރީ 3 މަހަށް ނަމަވެސް ފަތުރުވެރިން ރަނގަޅަށް އަންނަން ފެށީ އޮކްޓޯބަރުމަހު." މައުސޫމް ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއިން ވަނީ ފަތުރުވެރިންނަށް ހާއްސަކޮށްގެން އެލައިޑް އިންބައުންޑް ނަމުގައި ކޯވިޑް އަށް ހާއްސަ އިންޝުއަރެންސް ޕްލޭނެއް ތަޢާރަފް ކޮށްފައެވެ.

ރާއްޖެއަލުން ފަތުރުވެރިކަމަށް ހުޅުވާލި ފަހުން ސަރުކާރުން އަމާޒު ހިފި އެއްލައްކަ ފަތުރުވެރިން މިހާރު ވަނީ ރައްޖެ އައިސްފައެވެ. އަދި މިއަހަރުގެ ޖުމްލަ ބައި މިލިއަނަށް މިމަހު އަރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. ރާއްޖެއަށް އެއްދުވަހުން އަނެއް ދުވަހަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އުތުރުވެ މިހާރު އެވްރެޖްކޮށް ދުވާލަކު 4000 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން