ކޯވިޑް-19 އާ ގުޅިގެން މާސްކް އަޅައިގެން ހުޅުމާލޭގައި ބަޔަކު ޙަރަކާތްތެރިވަނީ
ކޯވިޑް-19 އާ ގުޅިގެން މާސްކް އަޅައިގެން ހުޅުމާލޭގައި ބަޔަކު ޙަރަކާތްތެރިވަނީ
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރި ވެންޓިލޭޓަރު ތަކުގެ ތެރެއިން މައްސަލަބޮޑުވި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި އިހުމާލުވެ ދަޢުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލާގައި ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އަދި އެމައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިސްބޭފުޅުންތަކެއް ސަސްޕެންޑް ކޮށްފައިވާއިރު، ހެލްތް މިނިސްޓަރ އަމީންގެ މަޤާމުވެސް ވަނީ އެހޫނުކަމުގައި ގެއްލިފައެވެ.

ދުބާއީގެ އެގްޒެކިއުޓަރސް ކުންފުންޏާ ޙަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 05 ވެންޓިލޭޓަރ ގެނެސްފައިވަނީ އޭޑީކޭ ޓްރޭޑިން މެދުވެރިކޮށެވެ. ހެލްތް މިނިސްޓްރީން މިހާރު ދަނީ އެ ވެންޓިލޭޓަރުތައް ރަނގަޅުތޯ ޗެކް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެ ކުންފުންޏަށް ދައްކައިފަ އެވެ. އެކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފޮނުވީ 11 ވެންޓިލޭޓަރެވެ. ނަމަވެސް އެތަކެތީގައި ހުންނަން ޖެހޭނެ ކަމަށް އެއްބަސްވި ފީޗާސްތައް ނެތުމުން އެތަކެތި ހެލްތު މިނިސްޓްރީން ބަލައިގެންފައެއް ނުވެ އެވެ.

އެ ވެންޓިލޭޓަރުގެ ބަދަލުގައި މިދިޔަ ސެޕްޓެމްބަރު މަހު ދުބާއީ ކުންފުނިން ވަނީ 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފަ އެވެ. އަދި އެ ވެންޓިލޭޓަރުތައް ރަނގަޅު ކަމަށް އޭރު އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޯވިޑް-19 ގައި ރާއްޖެއަށް ކުރިމަތިވި ބިރުވެރި ޙާލަތުން އާއްމު ޙާލަތަކަށް ބަދަލުވަމުން އަންނައިރު އަދިވެސް އެ ކުންފުންޏާ ޙަވާލުކުރި 60 ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން