ޝަރްޢީ ގޮތުން އަސާސެއް ނެތް ޙައްލު ހުށަހެޅުމަކީ ޤަބަލީ ލީޑަރުންނަށް ލިބިފައިވާ ބާރެެއް ނޫން ކަަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ ދީދީ މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާގެ ރައީސް އެދިވަޑައިގެންފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާތީ އާއި އެކަމަށް އިސްލާމް ދީނުގެ ބައެއް ޢިލްމްވެރިން ތާޢީދުކުރަމުން ގެންދާ ގެންދިއުމަށް އިޝާރާތް ކުރަށްވައެވެ.

"ސްރީލަންކާގެ މުސްލިމް މައިނޮރިޓީގެ ޢަޤީދާއާ ގުޅިފައިވާ ޙައްގަކަށް ހުރަސް އެޅިފައިވާނަމަ، އިސްލާމީ އުއްމަތުގެ ވާޖިބަކަށް ވާންވާނީ އެ ޙައްޤެއް ހޯދައިދިނުމަށް މަސައްކަތްކުރުން. ޝަރުޢީ ގޮތުން އަސާސެއް ނެތް ޙައްލު ހުށަހެޅުމަކީ ޤަބަލީ ލީޑަރުންނަށް ލިބިގެންވާ ބާރެއް ނޫން!" ޑރ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖެއަށް ގެނަސް ޖަނާޒާގެ ކަންކަން ހަމަޖައްސައި ދިނުމަށް ލަންކާގެ ރައީސް އެދިވަޑައިގެންފައިވާ ކަމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ބުނި ނަމަވެސް އެފަދަ މަޝްވަރާއެއް ލަންކާ ސަރުކާރުގެ ކެބިނެޓުގައި ކޮށްފައި ނުވާނެ ކަމަށް ކެބިނެޓްގެ ވަޒީރަކު ވަނީ ވިދާޅުވެފައެވެ. މިހާރު އެޤައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އެންދުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ލަންކާގައި ކޮވިޑްގައި މަރުވާ މުސްލިމުން ރާއްޖެ ގެނައުމާމެދު ލަންކާގެ މުސްލިމު ޖަމާއަތްތަކުން ދެކޮޅުހަދާކަން މިހާރުވަނީ ހާމަކޮށްދައެވެ.


ކިޔުންތެރިންގެ ހިޔާލު


17

ކިނބޫ

18-Dec-2020

ފަހުޒަމާނުގެ އަލާމާތްތަކުގެތެރޭ ހިމެނޭނޫންތޯ މިބާވަތުގެ ކަންކަމާ ބަސް ބުނެ ގޮތް ކަނޑައަޅަން ތަންދޮރު ނޭނގޭ "ގަބީލީން" ތިބޭނެ ކަމަށް.



ޓްރެންޑިން