ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ކުޅިވަރު މުބާރާތްތަކާއި، ޢާއްމު ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ހުއްދަދީ، ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަަޅުތަކަށް ލުއި ދީފި އެވެ.

އެޗްޕީއޭ އިން މިރޭ ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަަޅުތަކަށް ބަދަލު ގެނެސް އެކަން އިއުލާނުކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާތްތަކާއި، ޢާއްމު ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ހުއްދަ ދީފައިވާ ކަމަށެވެ.



މީގެ ކުރިން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމާއި، ކުޅިވަރު މުބާރާތްތައް ބާއްވުމަކީވެސް މަނާ ކަމެކެވެ.

އެޗްޕީއޭއިން ބުނީ މި ލުއި ދިން ނަމަވެސް ކޮންމެ ރެއެއްގެ 11:00 އިން ފަތިހު 4:00 މާލެ، ވިލިމާލެ، ހުޅުމާލޭގައި ބޭރަށް ނިކުމެ އުޅުމަކީ އަދިވެސް މަނާ ކަމެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ރޭގަނޑު 10:30 އިން ފަތިހު 4:00 އަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓުމަކީވެސް މަނާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން