ރ. ވާދޫގައި ރެދަން ލާފައި - ފޮޓޯ: ޓްރިޕް ބަކެޓް
ރ. ވާދޫގައި ރެދަން ލާފައި - ފޮޓޯ: ޓްރިޕް ބަކެޓް
ރ. ވާދޫގެ ގޮނޑުދޮށް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭގަނޑުގެ ވަގުތުގައި އެ ދިއްލާލާ ދިއްލާމުމުގެ ސަބަބުންނެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ވާދޫގެ ގޮނޑުދޮށުގައި ރެދަން ލާ ދުވަސްވަރެކެވެ. ގުދުރަތީ ރީތި މި މަންޒަރު ބަލައިލުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކުން ވެސް އެރަށަށް ގޮސްފައި އެބަހުއްޓެވެ.

އެރަށު ގޮނޑުދޮށުން ފެންނަ "ރެދަން" އަކީ މީގެ ކުރިން ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މިކަމާ ގުޅިގެން ގޫގުލްއިން ވަނީ ރ. ވާދޫ އަކީ "ސީ އޮފް ސްޓާރސް"ގެ ގޮތުގައި ލޭބަލްކޮށްފައެވެ.

ވާދޫގައި ރެދަން ލާފައިވާ މަންޒަރު އެންމެ ބޮޑަށް ފެންނަނީ އެ ރަށު ހުޅަނގު ފަރާތު ގޮނޑުދޮށުންނެވެ. ނަމަވެސް، ރެދަން ލާން ފަށައިފި ނަމަ މުޅި ރަށުގެ ވަށައިގެން އެކި ސަރަހައްދުތަކުން މި މަންޒަރު ފެނެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުން ފެންނަ ރެދަނާއި ވާދޫ ގޮނޑުދޮށުން ފެންނަ ރެދަނުގައި ތަފާތުތަކެއް ވެސް އެބަހުއްޓެވެ. އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ "އާންމުކޮށް މި ފެންނަ ރެދަން ސިކުންތެއް ނޫނީ ދޮޅު ސިކުންތެއް ތެރޭ ގެއްލޭ" ކަމަށާއި ވާދޫ ގޮނޑު ދޮށުން ފެންނަ ރެދަން ދެ މިނެޓް ވަންދެން ވެސް ހުންނަ ކަމަށެވެ.

މީގެ ހަ އަހަރު ކުރިން ނޭޝަނަލް ޖިއޯގްރަފިކް ވަނީ ވާދޫގައި ރެދަން ލުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެއް ދައްކާފައެވެ. އަދި ބީބީސީ އާއި ސީއެންއެންއިން ވެސް މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީފައިވެއެވެ.

ވާދޫގެ ގުދުރަތީ މި މަންޒަރު ބަލާލުމަށް ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުން ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޚާލިދު އަޙްމަދު

21-Dec-2020

الحمد لله رب العالمين



ޓްރެންޑިން