ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ)
ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ)
ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޝިރުމީނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެއް ދުވަސް ފަހުން ދިރިއުޅޭ ގޭގެ ސިޑި މަތީގައި އޮއްވައެވެ. ޝިރުމީނާ އަދި އޭނާގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، ބަޔަކު މީހުން، ޝިރުމީނާ ރަހީނުކޮށް އަނިޔާ ކުރީއެވެ. އަދި ގިނަ އަދަދެއްގެ ފައިސާ އަތުލުމަށް ފަހު، އެބަޔަކު ޝިރުމީނާ ދޫކޮށްލީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން 31 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހައްޔަރުކުރިއެވެ.

މިގޮތުން، ޝިރުމީނާ ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 31 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ވަނީ ދޫކޮށްލާފައެވެ. ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއްކޮށްފައެވެ.

ޝިރުމީނާ ރަހީން ކުރި މީހުން ފައިސާ އަށް ޑިމާންޑް ކުރި އިރު، ޝިރުމީނާ އެމީހުންނަށް 20،000ރ. ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން