ރެޑްވޭވް ސަލީމް ފޮޓޯ: މަޖިލިސް
ރެޑްވޭވް ސަލީމް ފޮޓޯ: މަޖިލިސް
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށްލީ ދުވަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކީރިތި ކުރެއްވުނީ އުފަލުން ގޮސް ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ ކަމަށެވެ. އަދި ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށް ހެދި ކަމަށާއި އެކަމަކު ޔާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދަށް ކީރިތި ކުރެއްވުނީ ވީ އުފަލެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ބާރަކީ ދާދި އަވަހަށް ނެތި ހިނގައިދާނެ ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމަކަށް ނުވިޔަސް، ރާއްޖޭގެ ގާނޫނުތަކާއި ހަމަތައް ހިފަހައްޓަންޖެހޭ ކަމަށާއި ވެރިކަމަކީ ހިތުހުރި ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫންކަން ހުރިހާ ރައީސުން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް ވެސް ތިން އަހަރާ ދުވަސްކޮޅަކު ރާއްޖޭގެ ވެރިކަން ކުރަށްވާފައިވާ ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން