ކޯވިޑް-19 ގެ ސާމްޕަލް އުފުލުމުގައިވެސް ސަރުކާރުން ނާޖާއިޒް މަންފާއެއް ބަޔަކަށް ހޯދައިދެނީތޯ ވިދާޅުވެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އާދިލް ސަލީމް ސުވާލު އުފައްދަވައިފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ކުރާ ފަރާތްތަކުގެ ސާމްޕަލް ނެގުމުގައި މިހާރު ޢަމަލު ކުރާ ގޮތަކީ، ރަށްރަށުން ސާމްޕަލް ނަގައިގެން މާލެ ގެނައުމަށްފަހު އެ ސާމްޕަލްތަކުގެ ޓެސްޓް ހަދައި ނަތީޖާ ދޫކުރުމެވެ. އަދި މިގޮތަށް ޢަމަލު ކުރުމުން ކޯވިޑް-19 ގެ ސަބަބުން ކަރަންޓީން ވާ ފަރާތްތައް، ކަރަންޓީންގެ މުއްދަތުގެ އިތުރަށް ދެތިންދުވަސް ކަރަންޓީންގައި އާންމުކޮށް ތިބެން ޖެހުމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި، އާދިލް ސަލީމް ވިދާޅުވީ، އެކުވެރި ޤައުމުތަކުންނާއި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހަދިޔާކުރި ޕީސީއާރު ޓެސްޓް ހަދާ މެޝިންތައް އަތޮޅުތަކަށް ނުދީ އެޗްޕީއޭ އިން ގުދަންތަކުގައި ފޮރުވައިގެން ގެންގުޅެމުން ގެންދާ ކަމަށެވެ. އަދި އެއީ ސާމްޕަލް އުފުލުމުގައިވެސް ސަރުކާރުން ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން ކުރާ ކަމެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ރަށްރަށަށް ޕީސީއާރު ޓެސްޓް ހަދާ މެޝިންތައް ދިނުމަށް އާދިލް ވަނީ ގޮވާލައްވާފައެވެ.
"ލޯންޗްގައި ސާމްޕަލް އުފުލަނީ ކޯވިޑް-19 ސާމްޕަލް ޓްރާންސްޕޯޓް ކުރުމުންވެސް ފައިދާ ނެގުމުގެ ބޭނުމުގައިތޯ؟" އާދިލް ވިދާޅުވެފައިވެއެވެ.
އާދިލް މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، ޕީސީއާރު ޓެސްޓްގެ 97 އިންސައްތަ ނަތީޖާ ނުބައިކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ފާހަގަ ކުރުމުންވެސް، ލެބްތަކަށް ކޮންމެ ފަތުރުވެރިޔަކު 100 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިންވެސް މިހާތަނަށް ޢިއުލާނު ކޮށްފައިވާ ޕޮޒިޓިވް ނަތީޖާގެ 97 އިންސައްތަ އަލުން ރިވައިސްކޮށް ޢަދަދު ހާމަކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އާދިލް މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގައި ވެސް ކޯވިޑްގެ ޕީސީއާރް ޓެސްޓް ދެވަނަ ފަހަރަށް ކޮށްފިނަމަ ޓެސްޓުގެ ނަތީޖާއަށް ބަދަލު އައުމުވެ ގިނަ މައްސަލަ ތަކެއް ފާހަގަ ކުރެވިފައި ވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،444 އަށް އަރާފައެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 12،836 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ.

Ekuveri qaum thakunnaa WHO in hadhiyaa kuri PCR test hadha machine thah Atoll thakah nudhee gudhanuga foruvaigen thibegen launch ga sample thi ufulanee Covid sample transport kurumun ves faidha negumuge beynumuga tho? Rah rashah machine thah dhevvaa!! @BondeM4 @KerafaNaseem
— Adil Saleem 🎈 (@MadhilSaleem) December 19, 2020
އާދިލް މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، ޕީސީއާރު ޓެސްޓްގެ 97 އިންސައްތަ ނަތީޖާ ނުބައިކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ފާހަގަ ކުރުމުންވެސް، ލެބްތަކަށް ކޮންމެ ފަތުރުވެރިޔަކު 100 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިންވެސް މިހާތަނަށް ޢިއުލާނު ކޮށްފައިވާ ޕޮޒިޓިވް ނަތީޖާގެ 97 އިންސައްތަ އަލުން ރިވައިސްކޮށް ޢަދަދު ހާމަކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އާދިލް މިހެން ވިދާޅުވެފައި ވާއިރު ރާއްޖޭގައި ވެސް ކޯވިޑްގެ ޕީސީއާރް ޓެސްޓް ދެވަނަ ފަހަރަށް ކޮށްފިނަމަ ޓެސްޓުގެ ނަތީޖާއަށް ބަދަލު އައުމުވެ ގިނަ މައްސަލަ ތަކެއް ފާހަގަ ކުރެވިފައި ވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،444 އަށް އަރާފައެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 12،836 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު