ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ވެމްކޯގެ މުވައްޒަފަކު ކަމަށްބުނާ މީހަކު މުސްހަފެއްގެ މަތީގައި ބޯއަޅައިގެން އޮތް ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި "ހަތިމުތަކެއްގެ މަތީގައި ބޯއަޅައިގެން އޮށޯއްވެގެން އޮތީ ވެމްކޯގެ ބަންގްލަދޭޝް މުވައްޒަފެކެވެ." އަދި ވީޑިއޯ އިން ފެންނަ ގޮތުގައި ބޯދަށަށް ދެހަތިމު ލައިގެން އޭގެމަތީގައި ބޯއަޅާލައިގެން އޭނާ އޮތީ ފޯނާއި ކުޅޭށެވެ. އެ ވީޑިއޯ ނަގާފައި ވަނީ ވެމްކޯ ސައިޓްގައި މުއައްޒަފުން ނަމާދުކުރަން ހަދާފައި ހުރި މިސްކިތުގެ ތެރޭގައި ކަމަށް މީސްމީޑިއާގައި ބުނެފައިވެއެވެ.

"މީ ﷲ ގެ ކަލާންފުޅަށް އިހާނެތިކޮން ހިތުން. މިކަން ބަލާ ފިޔަވަޅު އަޅައިދިނުމަށް ގޮވާލަން." ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި ވެއެވެ.



މިއީ ކޮން އިރަކު ހިނގި ކަމެއްކަން އަދި ސާފުވާ ގޮތެއް ނުވެެވެ.

ފަހަކަށް އައިސް މިސްކިތްތަކުގެ ހުރުމަތްކެނޑޭ މިފަދަ ކަންކަން ވަނީ ވަރަށް އާންމުވެފައެވެ. އެގޮތުން މާލޭގެ ބައެއް މިސްކިތްތަކުން ފެންވަރައި ތާހިރުވެ އެތަނުގައި ނިދާ ކައިބޮއި ހަދައި އުޅޭތީ އެކަން ހުއްޓުވުމަށް ހޯމް މިނިސްޓްރީން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެމިނިސްޓްރީން ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ޗައިވާލާ

21-Dec-2020

އެއްގޮތެއްވެސްނުވާނެ.



ޓްރެންޑިން