އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ފަރާތުން ޖިންސޯ ގޯނާ ލިބުނު ކަމަށް ތުހުމަތުކުރާ އަންހެން މީހާ އަދާކުރަމުން ދިޔަ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ އަދާކުރަމުން ދިޔައީ ފުލުހުންގެ ސިވިލް މުވައްޒަފެއްގެ ވަޒީފާއެވެ.
އޭނާ ވަޒީފާއިން ވަކިކުރީ ސަބަބެއް އަދި ކަށަވަރު ނުވެއެވެ. އެކަމަކު ދާދި ފަހުން އޭނާ ވަނީ އިމްރާނާ ރައީސް އޮފީސް ކުރިމަތިން ދިމާކޮށް ފިށިހަދާފައެވެ. އޭނާ މިނިސްޓަރު އިމްރާނާ މަގުމަތިން ދިމާކޮށް ސައިކަލު މަތީ އިނދެ އިހްތިޖާޖްކޮށް ނުރުހުން ފާޅުކުރީ މިމަހުގެ 09 ވަނަ ދުވަހު އެވެ.
އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ހ)އާ ޚިލާފުވެފައިވާތީ ކަމަށް ބުނެއެވެ. އެ އަކުރުގެ 5 ވަނަ ނަންބަރުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.
ޑިސިޕްލިނަރީ ބޯޑުން ނިންމީ އަންހެންމީހާ ވަޒީފާއިން ވަކިކުރުމަށާއި، ޤަވާޢިދުގައި ބުނެފައިވާ އިސްތިއުނާފު މުއްދަތު ހަމަވަންދެން އަންހެންމީހާ ސަސްޕެންޑުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު