ސްޕެޝަލް އަދި ބިޒްނެސް ވިސާގައި ތިބޭ ބިދޭސީންނަށް ވޯކް ވިސާ ދޫކުރަން ނިންމައިފިއެެވެ.
އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ފުރައިގެން ނުދެވިފައި ތިބި ބިދޭސީންނަށް އެމްޕްލޯއީމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެެވެ.
މިގޮތަށް ވިސާ ދޫކުރާނީ ބިޒްނެސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އައިސް ފުރައިގެން ނުދެެވި ތިބި ބިދޭސީންނަށް އެެކަނި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި ވޯކް ވިސާ ދޫކުރާނީ މިހާރު އޮތް ވިސާގެ މުއްދަތު ހަމަނުވާ ނަމަ އެކަނި ކަމަށާއި މި ވިސާ ދޫކުރެވޭނީ މި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންނަށާއި، ސްޕެޝަލް ވިސާގެެ ދަށުން އެތެރެވެ ވަޒީފާއެއް އަދާކުރަމުން އަންނަ ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ ތެރޭގައި ކްލަބް، އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ބިދޭސީން ވެސް ހިމެނެެއެެވެ.
މީގެ އިތުރުން، ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާ އޮތް ބިދޭސީންގެެ ތެރެއިން ވޯކް ވިސާއަށް ބަދަލު ކުރުމަށް އެެދޭ ފަރާތްތަކުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރުމަށް އިމިގްރޭޝަނުން ވަނީ އެެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު