ޒިދާން މުޙައްމަދު   20 ޑިސެމްބަރު 2020 - 17:0
އިއްޔެގެ ހަރަކާތުގައި ހުޅުމާލޭން ނެގި ކުނި
އިއްޔެގެ ހަރަކާތުގައި ހުޅުމާލޭން ނެގި ކުނި
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވާ ކުނިތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސް ނަގައިގެން އެކިއެކި މުއައްސަސާތަކާ ގުޅިގެން ހިންގި ހަރަކާތުގައި އެންމެ ދެގަޑި އިރުގެ ތެރޭގައި 18 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އިއްޔެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ގިނަ އިން ނަގާފައި ހުރި ކުނީގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ކަރުދާސް ފޮއްޓާއި ޑިސްޕޯސަބަލް ތަށި ފަދަ ކުނި ހިމެނެއެވެ. މީގެތެރެއިން ޕްލާސްޓިކް ފުޅި އާއި ޑިސްޕޯސަބަލް ތަށި ފަދަ ތަކެތި ގިނަ އިން ނަގާފައި ހުރީ ހުޅުމާލޭގެ ގޮނޑުދޮށް ސަރަހައްދުން ކަމަށް ބެލެވެއެވެ.

ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔަާގެ ނައިބު ވަނީ މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބާއްވާފައި ވަނީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަން ރައީސުލްޖުމަހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލޭން އިއްޔެ ނެގި ކުނިތައް ބޮޑެތި ޖަންބޯބޭގަށް އަޅައި އެއް ތަނެއްގައި ބަހައްޓާފައި ހުރި ފޮޓޯތައް "ރަސް އޮންލައިން"އަށް ވެސް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން