ހުޅުމާލެ އަތިރި މަތީގައި ރެދަން ލައިފައި
ހުޅުމާލެ އަތިރި މަތީގައި ރެދަން ލައިފައި
ހުޅުމާލޭ އަތިރިމަތީގައި ރޭ ރެދަން ލައި ދިއްލާލައިފި އެވެ.

ހުޅުމާލޭ އަތިރިމަތީގައި ރެދަން ލުމުން ގިނަ ބަޔަކު ވަނީ ރޭ ހުޅުމާލޭ އަތިރިމައްޗަށް ޖަމާވެ އެމަންޒަރު ބަލާފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ރެނދަން ލުމުން މީގެ ކުރިން އެކަން ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފައި ވެއެވެ. ނަމަވެސް ހުޅުމާލޭގައި މީގެ ކުރިން މިހައި ބޮޑަށް ރެނދަންލި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު މެދުކެނޑުމެއް ނެތި ރެނދަންލުމުގެ އެންމެ ބޮޑު ތާރީޚެއް އޮތް، ރ. ވާދޫގައި ވެސް މި ދުވަސްވަރު ރޭގަނޑުގެ ވަގުތުތަކުގައި ރެދަން ލަމުން އެބަދެއެވެ.



އާންމުކޮށް މި ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ.

ރާއްޖޭގައި ރެދަން ލައިގެން އެކަން އެންމެ ބޮޑަށް ދުނިޔޭގެ ސަމާލުަކަމަށް އައީ 2013 ވަނަ އަހަރު އެވެ. އެއީ ރ. ވާދުގައި ރެދަން ލާފައިވާ މަންޒަރެވެ.

ވާދޫގެ އެ މަންޒަރާ ގުޅޭ ގޮތުން، ބީބީސީ އަދި ސީއެނއެމްއިން ވަނީ ފީޗާރ ރިޕޯޓެއް ޝާއިއުކޮށްފައެވެ.

އަދީ ނެެޓް ޖިއޯއިން މި ކަމާ ގުޅޭ ޑޮކިއުމެންޓަރީ އެއް ވެސް ދެއްކިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން