އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބެހުނު ކަމަށް ނުވަތަ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑުއުފުލަމުން ގެންދާ އަންހެން މީހާ ވަޒީފާއިން ވަކިކުރުމުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.



މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ "އިމްރާންގެ މައްޗަށް އެތައް ތުހުމަތުތަކެއް ކުރަމުންދާ އަންހެނަކު ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރި އިރު، އިމްރާނަށް ކުރަމުންދާ ތުހުމަތުތަކަށް އިމްރާން ޢަބްދުﷲ ޖަވާބުދާރީވާންޖެހޭނެ. އަދި މި މައްސަލާގެ އިންސާފު ހޯދައިދޭން ޖެހޭ. ޕީޕީއެމްގެ ވެރިކަމެއްގައި އެކަން ކުރާނަން."

އިމްރާން އެކި ފަހަރު މަތިން ބެހުނު ކަމަށް ނުވަތަ ޖިންސީ ގޯނާކުރި ކަމަށް ބުނާ މި އަންހެންމީހާ ވަރަށް ފަހުން ވަނީ ރައީސް އޮފީސް ކައިރިން އިމްރާން ވަޑައިގަންނަވަނިކޮށް އަޑުއުފުލައި އިންސާފު ހޯދައި ދިނުމަށް އެދި އިހުތިޖާޖުވެސް ކޮށްފައެވެ. އެ އަންހެން މީހާ ވަޒީފާއިން ވަކިކުރީ މަގުމަތިން އިމްރާނުގެ ފަހަތުން ސައިކަލު ދުއްވަމުން އެވާހަކަތައް ގޮވައި އިންސާފު ހޯދުމަށްއެދި އިހުތިޖާޖު ކުރަމުން ގެންދިޔައ ވިޑިއޯ މީޑިއާގައި ހާމަކުރުމުން ކަމުގައި ބެލެވެއެވެ. އިންސާފު ހޯދަން އެ އަންހެން މީހާ މިހާތަނަށް ކުރި އެތައް މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ.



އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ހ)އާ ޚިލާފުވެފައިވާތީ ކަމަށް ބުނެއެވެ. އެ އަކުރުގެ 5 ވަނަ ނަންބަރުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން