މާލެއިން ފުރުމަށް ތައްޔާރުވެފައިވާ ލޯންޗެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލެއިން ފުރުމަށް ތައްޔާރުވެފައިވާ ލޯންޗެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ކަރަންޓީނުވުމުކާ ނުލާ 5 ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ދަތުރުކުރުމަށް ހުއްދަދޭ ކަންތައްތަކުގެ ތެރޭގައި ސިޔާސީ މަސައްކަތްތައް ނުހިމެނޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ޢާއްމު ކުރި އުސޫލުގައިވާ ގޮތުން ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންވާނެ ކަމަށާއި، ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މަޢުލޫމާތު ދޭންވާނެ ކަމަށެވެ. އެގޮތުން ހުއްދަ ދެވޭނީ ކޭބަލް އަދި މީޑިއާ ނެޓްވާރކްގެ ޚިދުމަތްތަކާއި، ބޭންކުގެ ޚިދުމަތްތަކަށާއި، ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި، މެއިންޓެނެންސް މަސައްކަތްތަކާއި، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫޢާގުޅޭ މަސައްކަތްތަކާއި، މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތަކަށް ކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

އެޗްޕީއޭއިން މިއަދު އާއްމު ކުރި އުސޫލުގައި ފުލުހުންނަށް ހުއްދައަށް އެދި އީމެއިލް ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، އީއޯސީއަށްވެސް މެއިލް ކުރަން ޖެހެއެވެ. އަދި ހުއްދައަށް އެދި ފުލުހަށާއި، ހުއްދަ ދިނުމުގައި އީއޯސީ މެއިލްއަށާއި، ދަތުރު ކުރުމަށް އެދިފައިވާ ރަށެއްގެ ކައުންސިލަށް ކޮޕީ ކުރަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މަސައްކަތް ކުރުމަށް ރާއްޖެއަށް ކުރު މުއްދަތަށް (10 ދުވަހަށްވުރެ ކުރު މުއްދަތަށް) އައުމަށް ބޭނުންވާ މީހުން އައުމުގެ ކުރިން އެޗް.ޕީ.އޭ.ގެ ޚާއްސަ ހުއްދަ ނަގަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. މި ހުއްދަ ނަގަން ވާނީ އެމީހުން ގެންނަ ފަރާތުން ނުވަތަ ގެންނަ ރާއްޖޭގެ މުއައްސަސާ މެދުވެރިކޮށް ކަމަށްވެސް އެ އުސޫލުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން