ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ
ނ. ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީއިން ބުނީ މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ހަޟާނާތުގެ މައްސަލައެއްގައި ދައުވާ ކުރާ ފަރާތް އެކަނި ބޭނުންވާ ގޮތަކަށް މައްސަލަ ގެންދިޔަ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

މި ގޮތުން ދައުވާ ކުރި ފަރާތާ ކުއްޖާ ހަވާލު ކުރުމުގެ ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައި ކޯޓުން ބާތިލް ކުރުމުން ވެސް ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫއަ ކުރުމެއް ނެތި ދައުވާ ކުރި ފަރާތުން ބޭނުންވި މަގްސަދު ހާސިލްވާ ގޮތަށް މައްސަލައިގެ ހާލަތު ދަމަހައްޓައި، މައްސަލަ ތާވަލު ނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށް ފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި ދައުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދައުވާ ބާތިލް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން