މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ކ). އޭނާގެ ވިޔަފާރި ކުންފުނި ސަންގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލާފައި
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ކ). އޭނާގެ ވިޔަފާރި ކުންފުނި ސަންގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލާފައި
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުކުރަން ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ހުށަހަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތާއި އިތުރު ބައެއް މީހުންގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ގިނަ އަދަދެއްގެ ލިޔުންތައް ހުށަހަޅައިފަ އެވެ.

ހެކި ހުށަހަޅަން ސަން ކުންފުންޏަށް ދިން ފުރުސަތުގައި އެ ކުންފުނީގެ ވަކީލު ވަނީ އިތުރު ވަގުތު ދިނުމަށް އެދިފައެވެ. އެގޮތުން ފަސް ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފައެވެ.

މި މައްސަލާގައި ސަން ކުންފުނީގެ ފަރާތުން ވަކީމް ޝާހް ވިދާޅުވެފައިވަނީ، ފުއްގިރި މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޟާ އާއި ސަން އިންވެސްޓްމެންޓް ކުންފުންޏާއި ދެެމެދު ހިނގާފައިވަނީ ފައިސާ މާރުކުރުމުގެ މުއާމަލާތެއް ކަމަށާއި، އަދި މިދައުވާ ސާބިތުވެއްޖެ ނަމަ ލިބޭނެ އަދަބެއްވެސް ދައުލަތުން ސާފުކޮށް ބުނެފައިނުވާ ކަމަށެވެ. ވަކީލް އަލީ ޝާހު ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކުރާ ކަމަށާއި، އަދި މިއީ ސިޔާސީ ދައުވާއެއް ކަމަށެވެ،

ރ. ފުއްގިރި މައްސަލާގައި ދައުލަތުން އުފުލާ ދައުވާއަކީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި، 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޚިޔާނާތްތަކާ ގުޅިގެން މިހާތަނަށް 3 ފަރާތަކަށް ވަނީ ޙުކުމް ކޮށްފައެވެ. އެގޮތުން މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލި ދައުވާތަކުގައި ވެސް އިއުތިރާފު އެއްބަސްވުމެއް އެކުލަވާލިއިރު އޭނާގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ދެބޭފުޅުން ޙުކުމް ތަންފީޒު ކުރަމުން ދަނީ ޖަލުގައެވެ.

މީގެ އިތުރުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


15

ހަޖަރަލް ޔަހޫދި

21-Dec-2020

ފުށް ގިރީއޭ? އެވާނީ ފެންފޮޅި ފިހަން ކަމަށް.



ޓްރެންޑިން