ސަން ކުންފުންޏާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ނަން ހުށަހެޅުމުން މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
"ރައީސް ޔާމީން ޖަލުގައި ބަހައްޓާ އަނިޔާދިނުމަށް، ދައުލަތުގެ ހެކިންގެ ގޮތުގައި ރައީސް ނަޝީދާއި ރައީސް ސާލިހާއި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި ހުކުމް ކުރާނެ ގާޒީގެ ނަން ވެސް މި ލިސްޓުގައި ހިމަނާލިނަމަ ރަނގަޅުވީސްނޫންތޯ؟" ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ޓެގް ކުރައްވާ ސަޢީދު މިއަދު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާއަށް އެ ކުންފުނިން ވަނީ އިންކާރު ކޮށްފައެވެ.
މީގެ އިތުރުން، ފުއްގިރީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއްވެސް ވަނީ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު