ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ
ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ
ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

ތިނަދޫއިން ކަރަންޓު ކެނޑިފައި ވަނީ ރޭ ދަންވަރު 03:00 ހާއިރު އެވެ.

ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ އިންޖީނުގޭ ތެރެއިން އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފެނަކައިގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށްވެސް އެނގިފައި ވެއެވެ.

ގދ. ތިނަދޫ އިންޖީނުގޭގައި 2016 ވަނަ އަހަރު ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތައް ވެ 5 ދުވަސް ވަންދެން ކަރަންޓުގެ ޚިދުމަތް ކެޑިފައި ހުއްޓެވެ. އެ ހާދިސާއަށް ފަހު ތިނަދޫއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެއެވެ.

ރަށްރަށުގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މެދުނުކެނޑި 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ވަރަށް މުހިންމު ވަޢުދެކެވެ. އަދި އެކަމަށް ވަރަށް ބޮޑު ހޭދަތަކެއް ވެސް ކުރާ އަދި ރަނގަޅު ނޫން ގޮތްގޮތަށް "ފޭދޭ" ބައިވެސް އެހާބޮޑު ޚިދުމަތެކެވެ.

މީގެއިތުރުން ޖަނަރޭޓަރާއި ތެލުގެ ހަކަތައާއި ނުލައި ނުވަތަ އިޔާދަ ކުރަނިވި ހަކަތައިން ރަށްރަށުގައި ކަރަންޓު އުފެއްދުމަކީވެސް ސަރުާރު ތަކުން ވަރަށް އިސްކަންދޭ އަދި އެކަމަށް ބޭރުގެ ފަރާތްތަކުން ބޮޑެތި އެހީތައްވެސް ހޯދާ ކަމެކެވެ. ނަމަވެސް ރަށްރަށުގައި ގޭގޭގެ ފެންވަރުގައިވެސް އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމަކީ ގައުމުތަކުން އިސްކަންދޭ ކަމަކަށްވާއިރު ރާއްޖޭގެ ރަށްރަށުގައި އެފަދަ ކަންކަމަށް މާބޮޑު މަސައްކަތް ތަކެއްކޮށް އެކަމަށް އެހީތެރިވެ ހޭޅުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާ ތަނެއް ވެސް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު