އެމްޑީޕީގެ ތެރޭގައި އޭނާ ދެކެ ރުޅިއަންނަ ބަޔަކު ވެސް ތިބެދާނެ ކަމަށާއި، ނަމަވެސް އެ ޕާޓީގެ މެންބަރަކަށް ވެވަޑައިގަތުމަކީ އަބަދުވެސް އުއްމީދު ކުރަށްވާ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ރީކޯ މޫސާ މަނިކު އަލުން އެޕާޓީއާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ކުރަށްވައިފިއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވަހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ އޭނާއަކީ އަބަދުވެސް އެމްޑީޕީގެ މެންބަރެއް ކަމަށެވެ. އެ ގޮތުން އެ ޕާޓީން ދަޢުވަތު ދެއްވައިފިނަމަ، މިހާރުވެސް ޕާޓީއާއި ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް ވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަކީ އެންމެ ބޭނުންވާ ގޮތްކަން ފާހަގަކުރައްވަމުން ރީކޯ މޫސަ ވަނީ އެމްޑީޕީން އަދިވެސް އޭނާއަށް ބޭނުންވާނެ ކަމާއިމެދު ސުވާލު އުފައްދަވާ ފައެވެ.
މޫސަ އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް އޭނާ އެމްޑީޕީން ބޭރުކޮށްލީ ކަމަށާއި، އޭގެ ފަހުން ޕީޕީއެމާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރަށްވަން އުޅުއްވުމުން އެޕާޓީން ވެސް ބޭރުކޮށްލީ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި އޭނާ ދެކެ ރުޅިއަންނަ ބަޔަކު ވެސް ތިބެދާނެ ކަމަށާއި، ނަމަވެސް އެ ޕާޓީގެ މެންބަރަކަށް ވެވަޑައިގަތުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށް ރީކޯ ވިދާޅުވިއެވެ.
”އެމްޑީޕީގެ ރައީސް (މުޙައްމަދު ނަޝީދު) އާއި، ޤައުމުގެ ރައީސް އަޅުގަނޑާއި ރައްޓެހިވުމަކީ އެމްޑީޕީ މީހުން ދެކޭގޮތެއް ނޫން. އެމްޑީޕީތެރޭގައި އަޅުގަނޑުދެކެ ރުޅި އަންނަ ބަޔަކުވެސް ތިބެދާނެ އިނގޭތޯ. އަޅުގަނޑަކީ އެމްޑީޕީއަށް ބޭނުން މީހެއްނަމަ، އަޅުގަނޑު ވެސް ގެންދާނެތާ؟ އަޅުގަނޑު ބަލާ އަތުވެއްޖެއްޔާ ދާނަން، މިރޭ އަޔަސް." އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވުމާއި މެދު ރީކޯ މޫސަގެ ވިސްނުން ހުރިގޮތް ސާފު ކުރުމަށް ސުވާލު ކުރުމުން ވިދާޅުވިއެވެ.
އެމްޑީޕީގެ ވާހަކަ މޫސަ ދެއްކެވިއިރު، މިމަހުގެ 16 ވަނަ ދުވަހު މޫސަގެ ރަހާ ރިސޯޓުގައި، މޫސައާއި ރައީސް މުޙައްމަދު ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އޭގެކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ވެސް ހަމަ އެފަދަ ބައްދަލުވުމެއް ރީކޯ މޫސަ ވަނީ ބާއްވަވާފައެވެ.
ރީކޯ މޫސަ އޭރު ވިދާޅުވީ ރައީސް ނަޝީދަކީ ޒަމާންވީ ރަޙްމަތްތެރިއެއް ކަމަށާއި، އެއީ އެގޮތުން ކުރެއްވި ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ބައްދަލުވުމުގައި ސިޔާސީ ވާހަކަތައް ދެއްކެވިކަމަށް ވެސް މޫސަ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު