އިސްލާހްވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުށް ގަބޫލުކުރުން ކަމަށް ވިދާޅުވެ ޑރ މުހައްމަދު އިޔާޒް، ކުރީގެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށާއި މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޑރ އިޔާޒު މިހެން ވިދާޅުވެފައިވަނީ ފެބްރުއަރީ 1، 2018 ގައި ސްޕްރީމް ކޯޓުން ނެރުރުނު އަމުރާ ގުޅިގެން ޑރ. އިޔާޒު ދެއްކެވި ވާހަކަތާއި ގުޅިގެން ހައިލަމާއި އަލްހާން ދެއްކެވި ރައްދާ ގުޅިގެންނެވެ.



"އިސްލާހްވުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުށެއް ކުރެވިއްޖެކަން ގަބޫލުކުރުން. ކިތަންމެ ތިމާގެ މީހެއްނަމަވެސް ތެދަށް ބުނެދޭންޖެހޭނެ. އެސްސީގެ ކުރީގެ ފަނޑިޔާރުން ހޭވި ހަޑިތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަލްހާން ފަހުމީ އާއި އަހްމަދު ހައިލަމް ވަރަށް ކޯފާވޭ." ޑރ އިޔާޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ބަޔަކު ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ހަގީގަތަކީ އެސްސީގެ ކުރީގެ ފަނޑިޔާރުން ގިނަ ހުކުމްތައް އިއްވާފައި ވަނީ ޤާނޫނާ ޤަވާޢިދާއި ޚިލާފަށްކަމަށާއި ޤާނޫނީ ބޭފުޅުން މިކަމަށް ހެކި ވެވަޑައިގަންނަވާނެ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ޑރ އިޔާޒް ރަނގަޅުވާނީ ޤުރުއާން ތަފްސީރު ކުރައްވަން މަޑުމަޑުން ހުންނެވުން ކަމަށް އަލްހާން ވިދާޅުވެފައިވާއިރު ހައިލަމް ވިދާޅުވެފައިވަނީ ‏ފުރާޅުން ޓިނު ނަގައިގެން ދެ ފަނޑިޔާރަކު ހައްޔަރުކުރަން ޖެހުނު ސަބަބު ފުލުހުން ވިދާޅުވެދެއްވާފައިވާ ކަމަށެވެ. އަދި އިޔާޒްވެސް ރޯނު އެދުރަކަށް ވެގެން އުޅުން ހުއްޓާލުމަށް ހައިލަމް ވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން ކިތާބީ ހެކި ހުރި މިވަރުގެ މައްސަލައެއްގެ ތަޙްޤީޤް ހުއްޓާލެއްވި ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް އެދިވަޑައިގެންފައި ވެއެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން، އެ އަމުރު ނެރެފައި ވަނިިކޮށް، އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ސަރުކާރުން ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

އޭރު ހައްޔަރު ކޮށްފައި ތިބި ސިޔާސީ ލީޑަރުން މިނިވަންކޮށް ކުރީން ސްޕްރީމް ކޯޓުން ތާއީދުކޮށް ދަމަހައްޓާފައިވާ ހުކުމް ތަކެއް ބާތިލުކޮށް ނެރުނު އެކެއް ފެބުރުއަރީގެ ބޮޑު އަމުރު އޭރުގެ ސަރުކާރުން ސިފަކޮށްފައިވަނީ ބަޣާވާތެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން