ދީނީ ކަންކަމުގައި ވާނުވާ ނޭނގި އެއްޗެހި ވިދާޅުނުވުމަށް އައްޝައިޚް އަލީ ޒައިދު އެދިވަޑައިގެންފިއެވެ.

ޝައިޚް އަލީ ޒައިދު މިގޮތަށް އެދިވަޑައިގެންނެވީ ޒިނޭކޮށްގެން ލިބުނު ކުއްޖެއްގެ ބައްޕަ ސާބިތުކުރަން ހެކީގޮތުގައި ޑީއެންއޭ ކޯޓަށް ބަލައި ނުަގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ހައިކޯޓުން ނިންމުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާތީއެވެ.

"ޑީއެންއޭގެ ނަތީޖާ ޤަބޫލު ކުރެވޭނީ ކޮން ކޮން ހާލަތްތަކެއްގައި ކަަމާއި، ކޮންކޮން ކަންކަމެއްގައި ކަމާއި، އެކަން ޤަބޫލު ނުކުރެވޭނެ ހާލަތްތައް ދުނިޔޭގެ ބޮޑެތި، އިންޓަނޭޝަނަލް ފިޤްހު އެކަޑަމީ ތަކުން ވަނީ އިލްމީ ބަހުސްތައްކޮށް ކަނޑައަޅާފައި! ވާނުވާ ނޭނގި އެއްޗެއް ވިދާޅުނުވުން އެދެން!" ޝައިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ޝަރީޢަތުގައި ދަރިނަފީކުރުމަށް ލިޢާންކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާކަމަށާއި ނަސަބު ސާބިތުކޮށް ނަފީކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫންކަމަށް އިސްލާމީ ޖުމްހޫރު ފިޤުހު ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ. އަދި ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަނޫން، ޙަރާމްކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައިވާކަމަށް ވެސް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

ހައިކޯޓުގެ ހުކުމަކީ ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ކަމެއް ކަމަށް ބުނެ ބައެއް އާންމު ފަރާތްތަކުން ހައިކޯޓުގެ ހުކުމާއި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުގެ ނިންމުމަށް ވަރަށް ފަޑުކިޔަމުންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ފަދަ ދީނީ ހުކުމްތަކާމެދު ބަހުސް ނުކުރުމަށް ރާއްޖޭގެ އިސްލާމްދީނުގެ ޢިލްމްވެރިން ގެންދަވަނީ ނަސޭހަތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން