އަންހެނުންނަކީ ހައްޤުތަކެއް ނެތް ބައެއް ކަމުގައި ދެކޭނަމަ ބަފާކަށަވަރުކުރަން އުޅުމަކީ ދަރިން ބިކަވެދާނެ ކަމެއް ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީދު މިހެން ވިދާޅުވެފައިވަނީ ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

"އަންހެނުންނަކީ ހައްގުތައް ނެތް އަދި އަމިއްލަ އެޖެންސީ ނެތް ބައެއް ކަމުގައި ދެކޭނަމަ، ޕެޓާނިޓީ (ބައްޕަ) ހޯދަން އުޅުމަކީ އެކަނބަލުންނާއި ދަރިން ބިކަވެދާނެ ކަމެއް. ވީމާ މައްސަލައަކީ ޑީއެންއޭއެއް ނޫން، މައްސަލައަކީ ޕެޓްރިއާޗީ (ވަކިބަޔަކަށް އޮންނަ ބާރު)! ސުޕްރިމް ޕެޓްރިއާޗީ ކަންބޮޑުވަނީ ޕެޓްރިއާޗީ ބަލިކަށިވެދާނެތީ!" ޝަހީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން "ކައިވެނީގަ ތިއްބާ އަނބިމީހާ ބަލިވެ އިނދެއްޖެނަމަ ބަނޑުގައި އޮތް ދަރި ފިރިމީހާއަށް ލައްވާ ކަމަށް ބުނާތީ އަޑުއަހާ ކަމަށާއި، އޭގެ ކޭސް އެއްވެސް މީހަކު ކިޔައިދިން. އަޅުގަނޑު ހީކުރަނީ އެއީ ކުއްޖާ ޕްރޮޓެކްޓް ކުރަން ކަމަށް. ފަތުވާ މަޖިލިހުގެ ވާހަކަ ތަފްސީލް ކޮށްދޭނަމަތާ!" ޑރ ޝަހީދަށް ޓެގްކޮށް މީހަކު ކުރި ޓްވީޓްގައި ވެއެވެ.

"ފަތުވާ ކޮމިޓީ އިން ދީނުގައި އޮންނަ ކަންކަން ތަފްސީލު ކޮށްދިނުމުގެ ބަދަލުގަައި އެކަން ކޮންޓްރޯލް (މޮނަޕޮލައިޒް) ކޮށްފައިވާ މިންވަރާމެދު ހައިރާންވަން. މިފަދަ ކަންކަމަކީ ރަނގަޅަށް ތަފްސީލު ކުރެވެންޖެހޭނެ ކަންކަން. ކުޑަކުއްޖަކަށް ބޭނުންވާ ބޭސްފަރުވާ ހޯދުމަށްޓަކައިވެސް އާއިލީ މެޑިކަލް ހިސްޓްރީ ހޯދުމާ ދެކޮޅުހެދުމަށް މިސުޕްރީމް ކޮމިޓީއަށް އޮތީކޮން ހައްގެއްތޯ؟ ޝަރީޢާގެ އެއް މަގްސަދު، ފުރާނަ ސަލާމަތް ކުރުމަކީވެސް، ފަތުވާ އިން ހާމަކޮށްފައިވާގޮތުން މިކަމުގައި ވެސް ފެއިލްވީ ނުންތޯ؟ ހަގީގަތް ހޯދައި ތެދު ދޮގު އޮޅުން ފިލުވުމާއި ދެކޮޅަށް ވެސް މި ހުށައަޅަނީ ފަތުވާ ކޮމިޓީންތޯ؟"ޑރ. ޝަހީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ފަތުވާ މަޖިލީހުން އެގޮތަށް ކަނޑައަޅާފައި ވަނީ 16 ޖެނުއަރީ 2018ގަ އެވެ.

ފަތުވާ މަޖިލީހުން ނެރުނު އެ ފަތުވާގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނަސަބު ރައްކާތެރި ކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ ޖިންސުގެ ދެމީހަކު ސައްހަ ކައިވެންޏެއްކޮށްގެން ދަރިން ހޯދައި ސޯލިހު ރަނގަޅު ނަސްލެއް ދެމެހެއްޓުމާއި، އެ ރަނގަޅު ނަސްލުގެ ތެރޭގައި މީހަކަށް އޮޅިގެން ޝުބުހައިގެ ގޮތުން ކުރެވުނު ވަތީއައެއްގެ ސަބަބުން ލިބޭ ދަރިންނާއި، ކައިވެނި ކުރުން ހަރާމްކަން ނޭނގި ތިބެގެން ކުރެވޭ ކައިވެނިން ލިބޭ ދަރިންވެސް ހިމެނޭ ކަމަށް ފަތުވާގައި ވެއެވެ.

ޒިނޭގެ މައްސަލައެއްގައި ކުއްޖާގެ ބައްޕަ ސާބިތުކުރަން ހައިކޯޓުން ޑީއެންއޭ ހެކި ގަބޫލުކުރަ ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ހައިކޯޓަށް އަމާޒުވެފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ ފަތުވާ މަޖިލީހުގެ ފަތުވާގެ މައްޗަށް ވެސް ބުރަވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން